
ބ. އޭދަފުށީ ފްރެންޑް މީ ގްރޫޕުން ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދިޔަ ރޯދަ ސޭލް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބާއްވާ ލަކީޑްރޯ މިރޭ އޮންނާނެ އެވެ.
“ފްރެންޑް މީ ރޯދަ ސޭލް 2025” ގެ ނަމުގައި މިދިޔަ މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި ފްރެންޑްމީގެ ފިހާރަތަކުން 200 ރުފިޔާއިން މަތީގެ ވިޔަފާރިކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންގެ ތެރެއިން ގްރޭންޑް ލަކީޑްރޯ ލިބޭ ތިން ނަސީބުވެރިން ހޮވާނެ އެވެ.
މިރޭ 9:30 ގައި ފްރެންޑްމީ ފިހާރަ ކައިރީގައި ބާއްވާ މި ލަކީޑްރޯގެ އެއްވަނަ އިނާމަކީ 65 އިންޗީގެ ހައިސެންސް ސްމާޓް ޓީވީ އެކެވެ. ދެވަނަ އިނާމަކީ ފްރޮންޓް ލޯޑް އޮޓޯ ދޮންނަ މެޝިނެއް އަދި ތިންވަނަ އިނާމަކަށް ދޭން ކަނޑައަޅާފައިވަނީ ޓޮޕް ލޯޑް އޮޓޯ ދޮންނަ މެޝިނެކެވެ.
މީގެ އިތުރުން ވެސް ވިހި މީހަކު ހޮވައި ކޮންމެ މީހަކަށް އަގުހުރި ތަފާތު ތަކެތި ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
ފްރެންޑް މީ ގްރޫޕުން އޭދަފުށީގައި ހަތަރު ފިހާރައެއް ހިންގަ އެވެ. އެއީ ފްރެންޑް މީ އާއި ފްރެންޑް މީ ސްޓައިލް، ފްރެންޑް މީ ހޯމްވެއާ އަދި ފްރެންޑް މީ ޕްލަސް އެވެ.