ހުރަސް ވާޓަރުގައި ކެޕިން ބީމް އަޅައި ނިންމާލައިފި

އިރުމަތީ ހުރަސް ވާޓަރުގެ  ކެޕިން ބީމް އަޅައި ނިމުމުން އެ ސަރަހައްދުގައި ދޯނި ފަހަރު އަޅާފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ސަރުކާރުން ކުރިއަށް ގެންދާ ބަނދަރުތައް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބ. އޭދަފުށީގެ އިރުމަތީ ސަރަހައްދު ހުރަސްތޮށީގެ ކެޕިން ބީމް (ކޮންކްރީޓްބައި) އެޅުމުގެ މަސައްކަތް ނިންމާލައިފ
އެވެ.

މިއަހަރުގެ ފެބްރުއަރީމަހު ތެރޭ ފެށި މި މަސައްކަތުގެ ދަށުން ވަނީ ބަނދަރުގެ އިރުމަތީ ފަރާތުން 97 މީޓަރު އެއްގަމު ތޮށީގެ ކެޕިން ބީމް ހަދައިފަ އެވެ.

މި މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފަރާތުންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ދެ މަސްދުވަހުގެ ތެރޭ ނިންމުމަށެވެ.

އިރުމަތީ ހުރަސް ވާޓަރުގެ  ކެޕިން ބީމް އަޅައި ނިމުމުން އެ ސަރަހައްދުގައި ދޯނި ފަހަރު އަޅާފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިރުމަތީ ހުރަސް ވާޓަރުގެ ކެޕިން ބީމް އަޅައި ނިމުމުން އެ ސަރަހައްދުގައި ދޯނި ފަހަރު އަޅާފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ނަމަވެސް އެ ކުންފުންނިން ފުރަތަމަ މަސައްކަތް ހަވާލުކުރި ސަބް ކޮންޓްރެކްޓަރު މަސައްކަތް ހުއްޓާލުމާ ގުޅިގެން ދެ މަހެއްހާ ދުވަހަށް މި މަސައްކަރް މެދު ކެނޑުނެވެ. އޭގެ ފަހުން މިދިޔަ އޯގަސްޓްމަހު ދެން އެ މަސައްކަތް ކުރީ ސީދާ އެމްޓީސީސީންނެވެ.

އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށީގައި ޝީޓްޕައިލް ޖަހައިފައިވަނީ މީގެ ފަސްވަރަކަށް އަހަރުކުރިން ރަށު ރައްޔިތުންގެ މާލިއްޔަތުން ބައި މިލިޔަނެއްހާ ރުފިޔާ ހަރަދުކޮށްގެންނެވެ. އޭރު އަރިއަޅާލައި ކޮންމެވެސްވަރަކަށް ވެއްޓިފައިއޮތް ކޮންކްރީޓް ވާޓަރު ނަގައި، ޝީޓްފައިލް ޖެހިގޮތަށް ކޮންކްރީޓްބައިނާޅައި ކުރިން އެެހެން އޮތުމުގެ ސަބަބުން ދަތުރުވެރިންނަށް އެ ސަރަހައްދު ބޭނުންކުރުމުގައި ވަރަށްބޮޑެތި ދަތިތަކާ ދިޔައީ ކުރިމަތިވަމުންނެވެ.

ނަމަވެސް މިހާރު އެ ސަރަހަހައްދު ބޭނުން ކުރުމުގައި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވާނެ އެވެ.

އިރުމަތީ ހުރަސް ވާޓަރުގެ  ކެޕިން ބީމް އަޅައި ނިމުމުން އެ ސަރަހައްދުގައި ދޯނި ފަހަރު އަޅާފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިރުމަތީ ހުރަސް ވާޓަރުގެ ކެޕިން ބީމް އަޅައި ނިމުމުން އެ ސަރަހައްދުގައި ދޯނި ފަހަރު އަޅާފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިރުމަތީ ހުރަސް ވާޓަރުގެ  ކެޕިން ބީމް އަޅައި ނިމުމުން އެ ސަރަހައްދުގައި ދޯނި ފަހަރު އަޅާފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިރުމަތީ ހުރަސް ވާޓަރުގެ ކެޕިން ބީމް އަޅައި ނިމުމުން އެ ސަރަހައްދުގައި ދޯނި ފަހަރު އަޅާފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.