
އަގު ބޮޑު އިނާމުތަކާ އެކު ބ. އޭދަފުށީ ފްރެންޑް މީ ގްރޫޕުން ކުރިއަށް ގެންދިޔަ މި އަހަރުގެ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި އެވެ.
އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ފްރެންޑް މީގެ ފިހާރަތަކުން މިދިޔަ ފެބްރުއަރީ މަހުގެ 1 އިން މާރޗު މަހުގެ 31 އަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ގުރު ނެގުން އޮތީ ފްރެންޑްމީ ފިހާރަ ކުރިމަތީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފްރެންޑް މީގެ ކޮންމެ ފިހާރައަކުން 200ރ. އަށް ވުރެ މަތިން ވިޔަފާރި ކުރުމުން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުން އެއްވަނަ އަށް ހޮވުނީ މަރިޔަމް ނަޝާއު އެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 65 އިންޗީގެ ހައިސެންސް ސްމާޓް ލިބޭޏެ އެވެ. ދެވަނަ އިނާމު ކަމަށްވާ ފްރޮންޓް ލޯޑް އޮޓޯ ދޮންނަ މެޝިނެއް ލިބުނީ ވަފާ ހަސަން ހަލީމަށެވެ. އަދި ތިންވަނަ އަށް ހޮވުނު ޔައުލާ އަށް ވަނީ ޓޮޕް ލޯޑް އޮޓޯ ދޮންނަ މެޝިނެއް ލިބިފަ އެވެ.
އޭގެ އިތުރުން 20 އިނާމު ލިބޭ 20 ކޫޕަން ނަގައި އަގުހުރި ތަފާތު ތަކެތި ދީފައިވެ އެވެ.
ފްރެންޑް މީ ގްރޫޕުގެ ފަރާތުން ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަން ފްރެންޑް މީ، ފްރެންޑް މީ ސްޓައިލް، ފްރެންޑް މީ ހޯމްވެއާގެ އިތުރުން ފްރެންޑްމީ ޕްލަސް ގައި ވެސް މި ސޭލް ކުރިޔަށްދިޔަ އެވެ.