އޭދަފުށި ޓީމުގެ ޖޯޒީ ސްޕޮންސާ ކުރުމަށް ހުޅުވާލައިފި

އޭދަފުށި ޓީމުން މިދިޔަ އަހަރު ބޭނުން ކުރި ޖާޒީގައި ކުޅުންތެރިން ދަނޑުމަތީ އެތުރިލައިގެން | ޢީޓީ ފައިލް ފޮޓޯ
އޭދަފުށި ޓީމުން މިދިޔަ އަހަރު ބޭނުން ކުރި ޖޯޒީގައި ކުޅުންތެރިން ދަނޑުމަތީ އެތުރިލައިގެން | ޢީޓީ ފައިލް ފޮޓޯ

އަންނަ މަހު 4 ގައި ބ އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި އޭދަފުށި ޓީމުން ބޭނުންކުރާ ޖޯޒީ ސްޕޮންސާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އޭދަފުށި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ މިއަދުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ޖޯޒީ ސްޕޮންސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޖޯޒީ ސްޕޮންސާ ކުރުމަށް އެދޭ ފޯމް އޭދަފުށި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށްވެސް ނައުރީފް ބުންޏެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7786007 އަދި 7881076 ނަންބަރ އަށް ގުޅުމުން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަތޮޅު މުބާރާތުގައި މިފަހަރު އޭދަފުށީ ޓީމު ނެރެނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.

އޭދަފުށި ޓީމުން ބ އަތޮޅު ފުޓްބޯޅަ ޗެެލެންޖްގައި މިފަހަރުވެސް ބޭނުން ކުރާނީ ރަތް ޖޯޒީއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިގޭތީ

    ހަބަރު ލިބިފައި ވާ ގޮތުގައި އޭދަފުށީ ކައުންސިލް އިދާރާއިން ބައިވެރި ނުވުމުން މުބާރާތު ގައި ބައިވެރިވީ އޭދަފުށީގެ ޖަމްއިއްޔާ އަކުންނެވެ. ވީމާ ކައުންސިލަށް ޖާރޒީ ސޮޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެބާ އޭ ހިތަށް އަރާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.