
މި އަހަރުގެ އޯލެވެލް އިމްތިހާނު 8،000 އަށް ވުރެ ގިނަ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.
އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 8،362 ކުދިން މި ފަހަރުގެ އިމްތިހާނުގައި ބައިވެރިވި އެވެ. އިމްތިހާނު ބާއްވަނީ ރާއްޖޭގެ 260 ސެންޓަރެއްގަ އެވެ.
އޭގެ ތެރެއިން އައިޖީސީއެސްއީ އިމްތިހާން ހަދަނީ 7،666 ކުދިންނެވެ. އަދި އެސްއެސްސީ އިމްތިހާން ހަދަނީ 7،519 ކުދިންނެވެ. އައިޖީސީއެސްސީ ފަށާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
މިއަދުން ފެށިގެން އަންނަ ޖޫންމަހުގެ 11 ގެ ނިޔަލަށް ކުރިއަށް ގެންދާ އިމްތިހާނުގައި މިއަދު އޮތީ އިސްލާމް މާއްދާގެ ޕޭޕަރު 1 އެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާނުގައި ދިވެހި ކުދިން ހޯދާ ނަތީޖާ ފަހަކަށް އައިސް ވަރަށް މައްޗެވެ. އިމްތިހާނުގެ ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު އިތުރު ވަމުން އަންނައިރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް އަންނަނީ ހޯދަމުންނެވެ.

