ސަލީމުގެ އެހީ މިފަހަރު ހިތާދޫ އަށް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ބ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ބ. ހިތާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ބައިލައްކަ ރުފިޔާ ރުފިޔާގެ އެހީއެއް ދެއްވައިފި އެވެ.

ސަލީމްގެފާރާތުން މި އެހީ ހަވާލުކޮށްފައިވަނީ އެރަށު “ހިދާ” ޖަމިއްޔާއާ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި މިއީ ދާއިރާގެ ރަށްރަށުގެ ޖަމިއްޔާތައް ރަށްރަށުގައި ހިންގާ އިޖްތިމާއީ ކަންކަމަށް ބާރުއެޅުމުގެ ގޮތުން އެ ޖަމިއްޔާއާ ހަވާލުކުރެވުނު އެހީއެކެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މިފަދަ އެހީތައް ދާއިރާގެ ރަށްރަށަށް ދެއްވާނެކަމަށް ސަލީމް ވިދާޅުވިއެވެ.

އަންނަ ދައުރުވެސް އޭދަފުށީ ދާއިރާ އަށް ކުރިމަތި ލައްވާނެކަން މިހާރު އިއުލާން ކުރައްވާފައިވާ ސަލީމު އަންނަނީ ފަހަހަކަށް އައިސް ދާއިރާގެ ރަށްތަކަށް ބޮޑެތި އެހީތައް ވަމުންނެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުވަނީ މާޅޮހު ކަނޑުތޮށި ލުމުގެ މަޝްރޫއު އަށް އެރަށު ކައުންސިލުގެ އެދިވަޑައިގަތުމަކަށް، 150 ކޮތަޅު ސިމެންތި ހަދިޔާ ކުރައްވާފަ އެވެ. އަދި މިނިވަން 50 ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށީ ފުޓްބޯޅަ ޓީމަށްވެސް ސަލީމްވަނީ ފައިސާގެ ގޮތުން ބޮޑެތި އެހީތަކެއް ދެއްވާފަ އެވެ. އަދި އޭދަފުށީ ޒުވާނުންގެ އެދުމުގެ މަތިން އޭނާގެ އަމިއްލަ ޚަރަދުގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅުއްވައި ދެއްވާނެކަމަށްވެސް ސަލީމުވަނީ ވައުދުވެވަޑައިގެންފަ އެވެ.

2009 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ސަލީމު އަންނަނީ އާއްމުންނަށްވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.