ޔުނިވަސިޓީ ކެމްޕަހަކާއި ތެޔޮ ވިއްކާތަނެއް ހަދަން އޭދަފުށިން 2 ބިމެއް!

އޭދަފުށި މަތިން ނަގާފައިވާ ފޮޓޯއެއް: — ފޮޓޯ: ޔާނިއު

ބ. އޭދަފުށީގައި ޔުނިވަސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަށާއި ތެޔޮ ވިއްކުމަށް ހިލޭ ދެ ބިމެއް ދޭން ރަށު ކައުންސިލުން ނިންމައިފި އެވެ

ޔުނިވަސިޓީ ކެމްޕަހެއް ތަރައްޤީކުރުމަށާއި ތެޔޮ ވިއްކުމަށް އޭދަފުށިން ބިން ދޫކުރަން ނިންމީ އެޕްރީލް 19 ގައި ބޭއްވި ކައުންސިލްގެ 198 ވަނަ ބައްދަލުވުމުގަ އެވެ.

އެގޮތުން ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް މިރަށު އިރުމަތީ ސަރަހައްދު ސްޓޭޑިއަމާ ދިމާ ދެކުނު ސަރަހައްދުން ދޫކުރަން ނިންމީ 21,182 އަކަފޫޓުގެ ބިމެކެވެ.

ތެޔޮ ވިއްކުމަށްޓަކައި ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދޫކުރަން ނިންމާފައިވަނީ 10,000 އަކަފޫޓުގެ ބިމެކެވެ. އަގަކާ ނުލައި މި ބިން ދޫކުރަން ނިންމާފައިވަނީ އުތުރު ފަރާތު ބަނދަރު އިރުމަތީ ސަރަހައްދުން 25 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ދެ މަޝްރޫޢު ފެށުމުން ބ. އޭދަފުށީގެ ތަރައްޤީއަށް ބޮޑު ހިއްސާއެއް ކުރާނެ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ. ޚާއްޞަކޮށް ޔުނިވަސިޓީ ކެމްޕަހަކީ އަތޮޅުގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެއެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.