ރާސްޓަސް ކޮށްގެން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު

އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އަގުހުރި އިނާމުތަކާއި ފައިސާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި ކޮންމެ ފިހާރައަކުން ކޮންމެ އަދަދަކަށް ރާސްޓަސްކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމުތައް ވަނީ ހުށަހަޅައިފަ އެވެ.

އެ ޕްރޮމޯޝަންގައި އެކި އަދަދުތަކުން ރާސްޓަސްކޮށްގެން ކޮންމެ ހަފްތާއަކު ޖުމްލަ 700ރ. ގެ ރާސްޓަސް ކޮށްފައި ހުރި ކަސްޓަމަރުންނަށް ހަފްތާގެ ބޮޑު އިނާމު ހޯދުމަށް ބައިވެރިވެވޭނެ އެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި ރާސްޓަސްކުރާ ހުރިހާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ ބޮޑު އިނާމު ހޮވުމަށް ނަގާ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ދިނުމަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

– އެޕަލް ވޮޗް ސީރީޒް 9ގެ މިޑްނައިޓް 45 މިލިމީޓަރުގެ ގަޑި

– އެޕަލް ވޮޗް ސީރީޒް 9ގެ މިޑްނައިޓް 41 މިލިމީޓަރުގެ ގަޑި

– އައިފޯން 15 ޕްރޯ މެކްސް 256 ޖީބީގެ ބްލޫ ޓައިޓޭނިއަމް ކުލައިގެ ފޯނެއް

– ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް ގަޑި

– އައިފޯން 11 ޕްރޯ މެކްސް 256 ޖީބީގެ ސްޕޭސް ގްރޭ ކުލައިގެ ފޯނެއް

– ސެމްސަންގް ގެލެކްސީ ވޮޗް 6 ސީރީޒްގެ 44 އެމްއެމް ގްރެފައިޓް ގަޑި

– ނިންޓެންޑޯ ސްވިޗް

– ޓީސީއެލް 55 އިންޗީގެ ޓީވީ

– ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާ 256 ޖީބީގެ ޓައިޓޭނިއަމް ބްލެކް ފޯނެއް

– 5000ރ. ގެ ފައިސާގެ އިނާމު

މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ 20،000ރ. ގެ ފައިސާގެ އިނާމެވެ.

އުރީދޫން މި ޕްރޮމޯޝަނުގެ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ބޮޑު ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ ހައްޖު ދަތުރެކެވެ. އެ ޕްރޮމޯޝަނުގައި 250ރ. އިން މަތީގެ ރިޗާޖުކުރާ ކަސްޓަމަރުންނާއި ބިލް ދައްކާ ހުރިހާ އުރީދޫ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.