
ދައުލަތުގެ މީޑިއާ ޓީވީ މޯލްޑިވްސް އިން ގެނެސްދެމުން އަންނަ ހޭޔަންބޯ ޕްރޮގްރާމު، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ރާއްޖޭގެ ރީތި ރަށްތަކުންވެސް ގެނެސްދޭން ނިންމައިފި އެވެ.
އެގޮތުން މި ހަފްތާގެ ޕްރޮގްރާމު މާދަމާ ގެނެސްދޭން ނިންމާފައިވަނީ ބ. އޭދަފުށިންނެވެ.
ބ. އޭދަފުއްޓަކީ ރާއްޖޭގެ އެންމެ ތަރައްޤީވެފައިވާ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ރަށަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި، ރަށުގެ ކުރިއެރުމުގެ ވާހަކަތައް މި ހަފްތާގެ ހޭޔަންބޯ ޕްރޮގްރާމުގައި ގެނެސްދޭނެ އެވެ.
އެގޮތުން އޭދަފުށީގެ އެހާރުގެ ދިރިއުޅުމާއި މިހާރުގެ ތަރައްޤީއާ ހަމައަށް އައިސްފައިވާ މަގު ދައްކުވައިދޭނެއެވެ. ރަށުގެ ބަނދަރާއި، މަގުތަކާއި، އިމާރާތްތަކާއި، ތަޢުލީމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް މި ޕްރޮގްރާމުން ފެންނާނެއެވެ.
ވަކިން ޚާއްސަކޮށް، މިރަށު ޑޭޒީވިލާ މުޙައްމަދު ޢަލީގެ ޚަރަދުގައި އަލަށް ޢިމާރާތްކުރެވުނު މިސްކިތުގެ މަޢުލޫމާތާއި ރީތި މަންޒަރުތައް ވެސް މި ޕްރޮގްރާމުން ގެނެސްދޭނެ އެވެ.
މީގެ އިތުރުން އޭދަފުށީގެ ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި، ރަށުގެ އިޤްތިޞާދަށް އައިސްފައިވާ ކުރިއެރުންތަކުގެ ވާހަކަ މި ޕްރޮގްރާމުން އަޑުއިވޭނެއެވެ. ރަށުގެ އެކި ސަރަޙައްދުތަކުން ނެގިފައިވާ ޚާއްސަ މަންޒަރުތަކާއި، ރަށުގެ އިސް ފަރާތްތަކާއެކު ކުރެވޭ ޚާއްސަ އިންޓަވިއުތައް މި ޕްރޮގްރާމުގައި ހިމެނޭނެއެވެ.
މި ހަފްތާގެ ހޭޔަންބޯ ޕްރޮގްރާމް ފޮނުވާނީ ހުކުރު ދުވަހު (މާދަމާ) 14:30 ގައެވެ.