ކޭބަލަކަށް ގެއްލުންވެ، ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މެއިން ކޭބަލް ގްރައުންޑް ވުމާ ގުޅިގެން އެ ސަރަހައްދަށް އާ ކޭބަލެއް އެޅުމުގެ މަސައްކަތް ކުރަނީ

މެއިން ކަރަންޓް ކޭބަލަކަށް ގެއްލުންވެ، އޭދަފުށީގެ މެދު ސަރަހައްދުގެ ބޮޑު ބަޔަކުން މިއަދު ކަރަންޓް ކެނޑިއްޖެ އެވެ.

ފެނަކަ އޭދަފުށީ އިންޖީނުގެ އިން ބުނީ މިއަދު މެންދުރުފަހު ކަރަންޓް ކެނޑުނީ، ރަށުގެ މެދު ސަރަހައްދުން ރޯޝަނީ މަގުން ދެކުނު ސަރަހައްދުން ކަމަށެވެ.

މައްސަލަ ދިމާވި ސަރަހައްދަށް އާ ކޭބަލެއް އަޅައި އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ނިންމަން ވަގުތު ނަގާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ލަފާކުރަނީ މިރޭ 12ގެ ކުރިން މައްސަލަ ހައްލުކޮށް ކަރަންޓް ދެވޭތޯ އެވެ.

އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް މަތިވުމުގެ ސަބަބު ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، އަދި މިހާރު އަޅާފައިވާ ކޭބަލް ތަކަކީ މީގެ ތިރީހަކަށް އަހަރުކުރިން އަޅާފައިވާ ކޭބަލްތަކެއް ކަމުން، ކޭބަލު ބަޑިޖަހައިގެން ކަރަންޓް ކެނޑުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވެފައިވެ އެވެ.

މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތަކުގައި ޓްރާންފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަތާވެސް މިހާރު ގިނަ އަހަރުތަކެއްވެއްޖެ އެވެ.

ކަރަންޓާ ނުލައި އުޅެން ޖެހުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ނެތުމަކީ ވެސް އާންމު ދިރިއުޅުމަށް ކުރިމަތިވާ ވަރަށް ބޮޑު އުނދަގުލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.