ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް 168 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް 168 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއިން ހޯދި 547 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 168 މިލިއަން ރުފިޔާގެ ސާފު ފައިދާ ވަނީ ނަގާފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު، އާމްދަނީ އެއް ޕަސެންޓުން ދަށްވިޔަސް، ސާފު ފައިދާ ވަނީ ހަތަރު ޕަސެންޓު އިތުރުވެފައެވެ.

އުރީދޫއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބަކީ ދިވެހި އާބާދީގެ 80 ޕަސެންޓަށް 5ޖީ ނެޓްވޯކު ފުޅާކުރުމެވެ. އަދި ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ރާއްޖެއަށް ތައާރަފުކުރުމެވެ.

އުރީދޫ މޯލްޑިވްސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޚާލިދު ހަސަން އަލް ހަމާދީ ވިދާޅުވީ “އުރީދޫ މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ރަނގަޅު ކާމިޔާބީއެއް ހޯދައި، 547 މިލިއަން ރުފިޔާގެ ކޮންސޮލިޑޭޓެޑް ރެވެނިއުއެއް ރެކޯޑް ކޮށްފައި މިވަނީ އިނޮވޭޝަނާއި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއެރުންތައް ހޯދުމުގައި އޫރީދޫގެ ޓީމުތަކުގެ ދޭ އަހައްމިއްޔަތުކަމުގެ ސަބަބުން ކަމަށެވެ.

“މި ކުއާޓަރުގެ ތެރޭގައި، މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، ކުޑަކުއްޖެއްގެ ލޮލުން ރަމަޟާން މަހުގެ ރޫޙު ހިފަހައްޓައިދޭ ޚާއްޞަ މަސައްކަތެއް ކަމުގައިވާ ރަމަޟާން ކެމްޕެއިން “ރޯދައިގޭ ނޫރު” ފަދަ ހިތްގައިމު ކެމްޕެއިންތަކެއް އަޅުގަނޑުމެން ފެށީ. ރަމަޟާން މަހުގެ ބޮޑު ޕްރޮމޯޝަންގެ ދަށުން، އުރީދޫ އެޕްގައި ހިމަނާފައިވާ އިންޓަރެކްޓިވް ގޭމެއް ކަމަށްވާ “ކަރާ ފެޅުން” ކެމްޕެއިން ވެސް ތައާރަފްކޮށް، ކަސްޓަމަރުންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި،” އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޚާލިދު ހަސަން އަލް ހަމާދީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އުރީދޫއަކީ ކޮމިއުނިޓީ ފޯކަސްޑް ކުންފުންޏެއް ކަމަށާއި، އެހެން ކަމުން ރައްޔިތުންނަށް އެކި ގޮތްގޮތުން ފަސޭހަތައް ލިއްބައިދިނުމުގެ ފުރުސަތު ފަހިކޮށްދޭން އެ ކުންފުނިން އިސް ނަގައިގެން މަސައްކަތް ކުރާ ކަމަށެވެ.

އެ ގޮތުން ހުސްވި ކުއާޓަރުގައި ވެސް އެ ކުންފުނިން ވަނީ ގަތަރު ޗެރިޓީއާ ގުޅިގެން ހުޅުމާލޭގައި ހުންނަ އައްޝެއިޚް ގާޒިމް އައްތާނީގައި ޒަމާނީ އެއާ ކޮންޑިޝަނިން ސިސްޓަމެއް ހަރުކޮށްފައެވެ. މީގެ އިތުރުން، ރަމަޟާންމަހާ ދިމާކޮށް، ޒަކާތު ފައިސާ ދެއްކޭނެ ނިޒާމު ހަމަޖެއްސުމުގެ އިތުރުން، ސަގާފީ ފުލޯކު ވާހަކަތަކުގެ ޗެރެކްޓާތައް ހިމަނައިގެން ކަލަންޑަރަކާއި ޗެޓް ބޮޓެއް ހެދުން ހިމެނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސާއި އިނޮވޭޝަންގެ ސްޓްރެޓެޖިކް އިންޓެގްރޭޝަންގެ ތެރެއިން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެ ކަމަށާއި ކަސްޓަމަރުންގެ ދަތުރު މުއްސަނދިކޮށް، ނެޓްވޯކް ޕާފޯމަންސް އިތުރުކޮށްދޭ، ފޯވާޑް ތިންކިން ޑިޖިޓަލް ސޮލިއުޝަންތަކާއި، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކާއި ދެމެހެއްޓެނިވި ޓެކްނޮލޮޖީތަކުން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުރީދޫ މޯލްޑިވްސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޚާލިދު ހަސަން އަލް ހަމާދީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.