އުރީދޫ ޕްރޮމޯޝަންގައި އުމްރާ ދަތުރުލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި، އިތުރު 18 އުމްރާ ދަތުރާއި ހައްޖު ދަތުރެއް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދާ “ލިވް އަންލިމިޓެޑް” ކެމްޕެއިންގެ ދަށުން ބާއްވާ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިއަދު އިޢުލާންކޮށްފިއެވެ.

ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް އަޙްމަދު ސައްދާމް ހޮވިފައިވާއިރު، ކުރިއަށް އޮތް މުއްދަތުގައި އިތުރު 18 އުމްރާ ދަތުރުގެ ނަސީބުވެރިންނަށް ވުމުގެ ފުރުޞަތު އުރީދޫ ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ. އަދި މީގެ އިތުރުން މި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމް ކަމުގައިވާ ދެ މީހުންގެ ހައްޖު ދަތުރުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުޞަތުވެސް އެބައޮތެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިގެންދާނެއެވެ. އަދި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މިހާރުގެ އުރީދޫ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖްކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަންވާނެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖްކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަންވާނެއެވެ. މި ލަކީ ޑްރޯއަށް ޝަރުތު ހަމަވާނީ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށެވެ.

އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.