އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނު އަސާސީ އިސްލާހުކުރަނީ

އަތޮޅު ކައުންސިލްތައް އުވާލަންގާނޫނު އަސާސީ އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތަކުގެ މީޓިންތައް ބާއްވަނީ އޮންލައިންކޮށް ކަމަށާއި، އެއަށްވުރެ ރަށު ކައުންސިލް ލެވެލުން ހިންގުން މާ ރަނގަޅުކަމަށެވެ.

”އަތޮޅު ކައުންސިލްތައް، ލާމަރުކަޒީ ނިޒާމް އަޅުގަނޑުމެން ވަރަށް ޗެމްޕިއަން އެބަކުރަން، ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ކުރަމުންދާ ކަންތައް، މި ޑީޓޭލްކޮށް ބައްލަވާލެއްވީމަ ފެނިވަޑައިގަންނަވާނެ، މިއީ އެފިޝެންޓް ލޭޔަރެއްނޫން، ކައުންސިލްތައް އެއްޗަކީ، ދޭ އާ ވޯކިން ފޮރ ދަ ޕީޕަލް،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ވެސް ރަށު ކައުންސިލްތަކެވެ.

“ދެން ކީއްކުރާ އަތޮޅު ލެވެލްއެއް، އަނެއްކާ މިހާރު ބައްލަވާ އަތޮޅު ކައުންސިލްގައި މިހާރު މި ތިއްބަވަނީ ކޮންމެ ކައުންސިލެއްގެ ރައީސް، ދެން ހުންނާނީ އަތޮޅު ކައުންސިލް ރައީސް ކިޔާފަ އިންތިޚާބުކުރާ މީހެއް، ފަންކްޝަނެއް ނުކުރޭ މިއެއް”

އެހެންކަމުން އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނު އަސާސީއަށް އެ އިސްލާހް ގެނައުމަށް މަސައްކަތްކުރަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.