ޕީއެސްއެމްގެ އެންމެ މޮޅު ކެމެރާމަނަކަށް ޢަބްދުއްރަޙީމް

ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު ކެމެރާމަނަށް ހޮވުނު އަބްދުއްރަހީމަށް އެވޯޑު ހަވާލުކުރަނީ، ފޮޓޯ: ޕީއެސްއެމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ނިއުސްގެ އެންމެ މޮޅު ކެމެރާމަނަކަށް ޢަބްދުއްރަޙީމް ޔޫސުފް ހޮވިއްޖެ އެވެ.

ޕީއެސްއެމްގެ އަހަރީ އެވޯޑު ޙަފްލާ ރޭ ބާއްވާފައިވާއިރު، ބ. އޭދަފުއްޓަށް އުފަން އަބްދުއްރަހީމަށް މި އެވޯޑް ލިބުނީ އާދަމް މަހުދީ އާއި ޝާޔަދު މުހައްމަދުދީދީ އާއި ވާދަކޮށްގެންނެވެ.

މީގެ އިތުރުން ކުޑަރިކިލަށް އުފަން ޖާނަލިސްޓް ވަފީޤާ ހަމީދަށް ވަނީ އެންމެ މޮޅު ޑޮކިއުމެންޓްރީ އެވޯޑް ލިބިފައެވެ. ވަފީގާއަށް މި އެވޯޑް ލިބުނީ އޭނާ ތައްޔާރުކޮށްދީފައިވާ “މަބްރޫރް ޙައްޖު” ޑޮކިއުމެންޓްރީއަށެވެ. މި އެވޯޑަށް ވާދަކުރީ އިދުއާމު ނައީމް އާއި އާމިނަތު ޝާޒިޔާ އެވެ.

ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު ޑޮކިއުމެންޓްރީ އެވޯޑް ވަފީޤާ އާ ހަވާލުކުރަނީ ، ފޮޓޯ: ޕީއެސްއެމް

މި ދެ އެވޯޑުގެ އިތުރުން މި ޙަފްލާގައި އެކި ދާއިރާތަކުން ދިން އެވޯޑުތަކަށް ބަލާލާއިރު، އެންމެ މޮޅު ނިއުސް އެޑިޓަރުގެ އެވޯޑު މުއާޒަށް ލިބުނުއިރު، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ލިބުނީ އެސިސްޓެންޓް ޖާނަލިސްޓް ރާއިފް އަޙްމަދު ރާޟީއަށެވެ.

މީގެ އިތުރުން އެންމެ މޮޅު ވީޑިއޯ އެޑިޓަރުގެ އެވޯޑު މުޙައްމަދު މައުމޫނަށް ލިބުނުއިރު، އެންމެ މޮޅު ފޮޓޯގްރަފަރަކަށް ހޮވިފައިވަނީ މުޙައްމަދު ވަޙީދު އެވެ. އެންމެ މޮޅު އޮން-އެއަރ އޮޕަރޭޓަރަކަށް ހޮވިފައިވަނީ މުޙައްމަދު ޢަލީއެވެ.


އެންމެ މޮޅު ނިއުސް ޕްރޮޑިއުސަރުގެ އެވޯޑު ފާޠިމަތު ޝިޔާޒާއަށް ލިބުނުއިރު، ބެސްޓް ޕްރޮގުރާމް ޕްރޮޑިއުސަރުގެ އެވޯޑާއި، އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗަރ އެވޯޑު ލިބުނީ އަޙްމަދު ޝާފީޢުއަށެވެ. އެންމެ މޮޅު އޮންކެމް ރިޕޯޓުގެ އެވޯޑއާމިނަތު ޝާޒިޔާއަށް ލިބުނުއިރު، ބެސްޓް ސެކެޓްރީގެ އެވޯޑު ލިބުނީ ނާއިޒާ ލަޠީފަށެވެ. އަދި ރެޒިލިއަންސް އެވޯޑު ސްޕޯޓްސް ޖާނަލިސްޓް ސާޢިދު އަޙްމަދަށް ލިބުނުއިރު، ބެސްޓް ސޯޝަލް މީޑިއާ ކޮންޓެންޓު ކްރިއޭޓާގެ އެވޯޑު ލިބިފައިވަނީ މުޙައްމަދު ރިއްފަތަށެވެ.

ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ނިއުސް ޙުސައިން އަމީން ނަޞީރު ވިދާޅުވީ، މިފަދަ އެވޯޑު ދިނުމުގެ މަޤްޞަދަކީ މުވައްޒަފުންގެ އަގުވަޒަންކުރުން ކަމަށެވެ. އަދި ރާއްޖޭގެ މީޑިއާތަކުގެ އެންމެ އުހުގައި ޕީއެސްއެމް ނިއުސް ބެހެއްޓުމުގައި އެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.