
އިންފިނިކާ އެކަޑެމީ އާއި ބ. އޭދަފުށި ކައުންސިލް ގުޅިގެން އަންނަ ޖޫން މަހު އޭދަފުށީގައި ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕެއް ހިންގަން ނިންމައިފި އެވެ.
ރަންފައުންގެ ސްޕޮންސަޝިޕްގެ ދަށުން ކުރިއަށްގެންދާ މި ވޯކްޝޮޕް ބާއްވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 19 އިން 21 އަށް އޭދަފުށީގަ އެވެ.
އިންފިނިކާ އެކަޑެމީން ބުނި ގޮތުގައި މި ވޯކްޝޮޕް 25 ބައިވެރިންނަށް ހިލޭ ފުރުސަތު ދޭނެ އެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮންލައިން ފޯމެއް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 6608303 ނުވަތަ 7740374 އަށް ގުޅުމަށް ވެސް އިންފިނިކާ އެކަޑެމީން އެދެއެވެ.
ފޮޓޯގްރަފީގެ ދާއިރާއިން ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގޭ މި ވޯކްޝޮޕަކީ އޭދަފުށީގެ ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.