ދަރަވަންދޫ އީދު މަސްރޭސް، އެއްވަނަ ޓީމަށް 15،000 ރުފިޔާ

ބ. ދަރަވަންދޫ މަގޭ އީދު 1446ގައި ކުރިއަށްގެންދާ، “ހަނީބަނީ މަސްރޭސް 1446″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި މުބާރާތް އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހު މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 31ވަނަ ދުވަހުގެ 23:59ގެ ކުރިން ފޯމުހުށަހެޅަން ޖެހެއެވެ.

ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި މި މުބާރާތަކީ އެ ރަށު ހަނީބަނީ ރެސްޓޯރަންޓުގެ އެހީތެރިކަމައެކު ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ރަށަށް ޒިޔާރާތްކުރާ މީހުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މަސްވެރިކަމަށް ލޯބި ޖެއްސުމެވެ.

މުބާތާރުގެ ގަވާއިދު:

  • ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން ހަތަރު މެމްބަރުން ތިބެން ޖެހޭނެ
  • މި މުބާރާތުގައި ދެ ޖިންސުގެ މީހުންނާއި ކުދިންނަށް ބައިވެރި ވެވޭނެ 16 އަހަރުން ދަށުގެ ކުދިން ބައިވެރިވާނަމަ، އެ ކުއްޖަކާ ހަވާލުވެގެން ހުންނަ މީހަކު ކައުންސިލަށް އަންގަން ޖެހޭނެ
  • ކޮންމެ އުޅަނދަކަށް އޮފިޝަލަކު އިންތިޒާމުކުރާ ފަރާތުން އަރުވަން ޖެހޭނެ
  • ކޮންމެ ޓީމަކަށް ނަމެއް އޮންނަން ވާނެ
  • ކޮންމެ ޓީމެއް ވެސް ތިބެންވާނީ އެ ޓީމަކަށް ޚާއްސަ ޓީޝާޓެއްގައި
  • ޓީމު ލިސްޓު ހުށަހަޅާއިރު، މެމްބަރުންގެ ނަން އެނގެން އޮންނަން ވާނެ
  • މަސްރޭހުގައި ބައިވެރިކުރާ އުޅަނދާއި އާލާތްތައް ހަމަޖައްސާނީ ޓީމުގެ ފަރާތުން

މި މުބާރާތުގެ އެއްވަނަ ޓީމަށް 15000 ރުފިޔާ ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 8,000 ރުފިޔާ  އަދި ތިންވަނަ ޓީމަށް 5000 ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 2000 ރުފިޔާ ހުށަހަޅާފައި ވެއެވެ.

ދަރަވަންދޫން މިއަހަރު ފާހަގަ ކުރަނީ ދަރަވަންދޫއަށް ޒިޔާރާތް ކުރުމުގެ އަހަރުގެ ގޮތުގައެވެ. އެގޮތުން އީދު ފާހަގަކުރުމަށް ވެސް ފޯރިގަދަ ހަރަކާތްތަކެއް އެރަށުގައި ވަނީ ރާވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.