ސެންޓޭ ރަންބޫޓު ކަށަވަރު ކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: ޓީސީގެ ސެންޓޭ (ކ) ވެލެންސިއާގެ ރަމީޒް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: ޓީސީގެ ސެންޓޭ (ކ) ވެލެންސިއާގެ ރަމީޒް ކައިރިން ބޯޅަ ފޮނުވާލަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

ޤައުމީ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާޒިޔާގެ މައްޗަށް ޓީސީން ކުރި ހޯދުމުން ސީޒަނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް އޭދަފުއްޓަށް އުފަން ޢަލީ ފާސިރު (ސެންޓޭ) ހޯދައިފިއެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ސެންޓޭއަށް ޔަގީންވީ އޭނާއާ އެންމެ ގާތުން ވާދަކުރި މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ސީޒަން ނިމުމުންނެވެ.

ސީޒަނުގައި މިހާތަނަށް ސެންޓޭ 33 ގޯލް ޖަހާފައިވާއިރު އަސަދުﷲ ޖަހާފައި ވަނީ 32 ގޯލެވެ. އަސަދުﷲ އަށް ސީޒަން ނިމުނީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުން 2-0 އިން ޓީސީ އަތުން ބަލިވުމުންނެވެ. މި މެޗުގައި ޓީސީ ގެ ގޯލްތައް ޖަހައިދިނީ އަޙްމަދު ނިޒާމް (ނިޒާމްބެ) އަދި ޙަސަން ނާއިޒް (ދާދު) އެވެ. ސީޒަނުގެ ފަހު މުބާރާތުގެ ފައިނަލުގައި އަންނަ އަންގާރަ ދުވަހު ޓީސީ ބައްދަލުކުރާނީ އީގަލްސް އާއެވެ. މިއީ މި ސީޒަނުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.

އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިއަކަށް މި މަޤާމް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މުޅި ސީޒަނުގައިވެސް މޮޅަށް ކުޅުނު ސެންޓޭ ވަނީ ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. ލީގުގައި ކުޅުނު 21 މެޗުގައި ސެންޓޭ ވަނީ 29 ގޯލް ޓީސީ އަށް ކާމިޔާބުކޮށްދީފައެވެ. ލީގުގައި 4 ހެޓްރިކް ހެދި އިރު 9 މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ސެންޓޭ ވަނީ ހޯދާފައެވެ. އެއް ސީޒަނެއްގައި ސެންޓޭ މީގެ ކުރިން ޖެހީ 26 ގޯލެވެ. އެއީ 2014 ވަނަ އަހަރު އެވެ. ސެންޓޭ މި ހޯދި ކާމިޔާބީއަށް އީޓީ ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.