
ބައިނަލް އަގްވާމީ ފުޓްބޯޅައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ކުލަގަދަ ފުޓްބޯލް ފެސްޓިވަލެއް ބާއްވައިފި އެވެ.
އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފެސްޓިވަލަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އޭދަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އަދި އޭދަފުށީ ކައުންސިލިާއި ރަށޫގެ ކްލަބް ޖަމިއްޔާތަށް ގުޅިގެން ބޭއްވި ހަރަކާތެކެވެ.

އެންމެން އެކުވެ، އެއްތާކުން ފުޓުބޯޅައިގެ އުފާވެރިކަން ލިބިގަނެ، ފުޓްބޯޅައަށް ޝައުޤުވެރިކަން އުފެއްދުމަށް ބޭއްވި މި ފެސްޓިވަލްގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވި އެވެ. ފެސްޓިވަލްގައި ތަފާތު އުމުރުފުރާތަކުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުޅިވަރަށް ޝައުޤުވެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމެވެ. އަދި މުޖުތަމަޢުގެ އެކި ފަރާތްތައް އެއް ތަނަކަށް ގެނެސް، އެކުވެރިކަން ބަދަހިކުރުމެވެ.


