އޭދަފުށީގައި އީދަށް 240،000 ރުފިޔާ ކަނޑައަޅައިފި

ބ. އޭދަފުށި– ފޮޓޯ/ޔާނިއު

އަންނަ ބޮޑު އީދަށް ކްލަބް ޖަމިއްޔާތައް ގުޅިގެން، އޭދަފުށީގައި ކުޅިވަރުތައް ކުޅުމަށް ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓި ގުޅިގެން ދެލައްކަ ސާޅީސްހާސް ރުފިޔާ ހަރަދު ކުރުމަށް ފާސްކޮށްފި އެވެ.

މި ޚަރަދުގެ ތެރެއިން އޭދަފުށީ ކައުންސިލްގެ ބަޖެޓުން 190،000 ރުފިޔާ ޚަރަދު ކުރަން ނިންމާފައިވަނީ، ކައުންސިލާ ގުޅިގެން އީދު ފާހަގަކުރުމަށް ކްލަބް ޖަމްޢިއްޔާތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުޞަތުގައި ލިބިފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށެވެ. މިގޮތުން:

  • ކްލަބް ކޮމްބިނޭޝަންއަށް 90،000 ރުފިޔާ
  • ޖަމްޢިއްޔަތުލް ވަފާއަށް 70،000 ރުފިޔާ
  • ޔުނައިޓެޑް ވީއަށް 25،000 ރުފިޔާ
  • ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމަށް ފޭލި ޖަމްޢިއްޔާއަށް 5،000 ރުފިޔާ

ރަށު ކައުންސިލުން މި ފައިސާ ޚަރަދުކުރަން ނިންމިތާ ދެތިން ދުވަސް ފަހުން، ކައުންސިލަށް ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޢާޔަތްކޮށް، އޭދަފުށީ ޑަބްލިޔުޑީސީންވެސް ވަނީ އީދު ފާހަގަކުރުމަށް ޖަމްޢިއްޔާތަކަށް ދިނުމަށް 50،000 ރުފިޔާ ފާސްކޮށްފައެވެ. އެގޮތުން:

  • ކްލަބް ކޮމްބިނޭޝަނަށް 25،000 ރުފިޔާ
  • ވަފާ ޖަމްޢިއްޔާއަށް 15،000 ރުފިޔާ
  • ޔުނައިޓެޑް ވީއަށް 7،000 ރުފިޔާ
  • ފޭލި ޖަމްޢިއްޔާއަށް 3،000 ރުފިޔާ

ރަށު ކައުންސިލާއި ޑަބްލިޔުޑީސީން ބޮޑު ޚަރަދެއްކޮށްގެން އީދު ފާހަގަކުރަން ނިންމުމުން ކައުންސިލަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ރަށުގެ ތަރައްގީއަށް ކުރަން އެތައް ކަމެއް ހުރިއިރު، އެއްވެސް އުސޫލެއްނެތި ޖަމިއްޔާތަކަށް ފައިސާދީގެން އީދު ފާހަގަ ކުރަން ކައުންސިލުން މިހާ ބޮޑު ހަރަދެއް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރަށުގެ ބައެއް މީހުން ވެސް ދަނީ ކައުންސިލުގެ ނިންމުމަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Anonymous

    ކިހިނެއްބާ މިވީ ކައުންސިލު އިންތިޚާބު ކައިރިވީމަ ކަމަށް ވެދާނެ. ކުރިންބުނި އަހަރަކު 25ހާސް ކަމަށް ދެވޭނީ ކޮންމެޖަމިއްޔާއަކަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.