އޭދަފުށިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އަލުން ނެރެފި

ބ. އޭދަފުށީ ހިއްކި ބިމުން ދޫކުރާ 183 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އަލުން އާންމުކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދު ގެޒެޓު ކުރި ލިސްޓަށް އައިސްފައިވާ ބަދަލާއެކު، ކުރިން ގޯތި ލިބޭކަމަށް ލިސްޓްގައި އޮތް ހަތަރު މީހެއް ޝަރުތު ހަމަނުވާތީ އެ ނަންތައް އުނިކޮށް، އިތުރު ހަތަރު މީހަކު ގޯތި ލިބޭ މީހުންގެ ލިސްޓަށް ވަނީ އިތުރުވެފަ އެވެ.

ދެން އޮންނާނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތުލުމުގެ މަސައްކަތެވެ.

އޭދަފުށީ ހިއްކި ބިމުން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯއްޗެވެ.

އޭދަފުއްޓަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިރަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. އެއް ގެއެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މި މައްސަލަ ހައްލުކުރަން ސަރުކާރުން އެ މިރަށުގައި 1000 ހައުސިން ޔުނިޓް އެޅުމަށް ވެސް މިހާރު ވަނީ ބަޔަކާ ހަވާލު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.