އެޓޯލް ޗެލެންޖުގެ ފުރަތަމަ މެޗުގައި އޭދަފުއްޓާ ކިހާދޫ

މިއަދު ހެނދުނު ބެއްލަ ވިސްޓާ ރެސްޓޯރަންޓްގައި ބޭއްވި މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓި ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހެނދުނު ބެއްލަ ވިސްޓާ ރެސްޓޯރަންޓްގައި ބޭއްވި މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓި ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައި ފުރަތަމަ މެޗުގައި އޭދަފުއްޓާއި ކިހާދޫ ވާދަކުރަން ޖެހިއްޖެއެވެ. އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 6 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

ގްރޫޕް އޭ ގައި ހިމެނެނީ ކިހާދޫ، އޭދަފުށި އަދި މާޅޮހެވެ. ގްރޫޕް ބީ ގައި ހިމެނެނީ ކުޑަރިކިލާއި އެންމެ ފަހުގެ ޗެމްޕިއަން ފެހެންދޫ އަދި ގޮއިދޫ އެވެ. މުބާރާތް ހުޅުވާ މެޗު ކުޅޭނީ ޑިސެމްބަރ 4 ވަނަ ދުވަހު ހަވީރު 15:50 ގައި އޭދަފުށީ ރަސްމީ ދަނޑުގައެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރ 4 އިން 14 އަށެވެ. ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޑިސެމްބަރ 11 އަދި 12 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ. މިއީ މި މުބާރާތް ޔޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ބާއްވާ 5 ވަނަ ފަހަރެވެ. މި މުބާރާތް ދެފަހަރު ގޮއިދޫން ކާމިޔާބު ކޮށްފައިވާއިރު ދެން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ އޭދަފުށި އަދި ފެހެންދޫ އިންނެވެ.

މިއަދު ހެނދުނު ބެއްލަ ވިސްޓާ ރެސްޓޯރަންޓްގައި ބޭއްވި މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓި ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހެނދުނު ބެއްލަ ވިސްޓާ ރެސްޓޯރަންޓްގައި ބޭއްވި މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓި ފޮޓޯ:ރާއިފް ޔޫސުފް

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ދެވަނަ ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 15،000 ރުފިޔާ އެވެ.
އަތޮޅުގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައިގެ ރޫހު އިތުރުކޮށް އެއްވަނަ ޑިވިޝަނާއި ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ފެށި މި މުބާރާތަކީ އަތޮޅު ރަށްތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ފޯރިއާއެކު ކުރިއަށްދާ މުބާރާތެކެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސާ އަކީ އަރާބީ އެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ އަކީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓެވެ. ޓެލެކޮމް ޕާޓްނަރ އަކަށް ދިރާގު ހަމަޖައްސާފައިވާއިރު މިފަހަރުވެސް މީޑިޔާ ޕާޓްނަރ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.