
މަސްވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ބ. މާއަޑޫ ކައިރީގައި ކަނދުފައްޗެއް އަލައިފި އެވެ.
މާއްޑޫ ކައިރީގައި ކަނދުފަތި އަޅާފައިވަނީ އ ރަށުގެ އިރުން ހަ މޭލު ބޭރުގައެވެ.
މި ވަދު ކަނދުފަތީގެ ނަންބަރަކީ F09V04 އެވެ. މި ވަދު ކަނދުފަތި ޤާއިމްކޮށްފައިވާ ޕޮޒިޝަނަކީ:
05°04.000’N
073°10.000’E
މިއީ މި ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި ގާއިމުކުރި ކަނޑު ފައްޗެކެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން، މިއީ މި ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބުނު އުފަލެކެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ.

