
ބ. ދަރަވަންދޫ ކައުންސިލުން ރަށުގެ ރައްޔިތުންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައި ޒަމާނީ ރިކްރިއޭޝަން ޕާކް ތަރައްގީކޮށްފި އެވެ.
“މަގޭ ބަގީޗާ”ގެ ނަމުގައި ތަރައްޤީކޮށްފައިވާ 45،000 އަކަފޫޓުގެ މި ޕާކް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އީދު ވިލޭރޭ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ޕާކު ހުޅުވުމުގެ ގޮތުން ޕާކް ސްޓޭޖުގައި ރޮބޯމޭންގެ ޝޯ އަކާއި އީދު ވިލޭރޭ ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕާކުގައި ޒަމާނީ ފެންވަރުގެ ފިޓްނެސް އިކުއިޕްމެންޓްތަކާއި، އަމިއްލަ އާއިލާތަކާއެކު ކުޑަކުދިންނަށް ވަގުތު ހޭދަކުރުމަށް ތަފާތު ގިނަ ތަންތަން ހަދާފައިވެ އެވެ.
ޕާކް ތަރައްޤީކުރުމުގައި ކައުންސިލްގެ މުވައްޒަފުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާކަން ކައުންސިލުން ފާހަގަކުރެވެއެވެ.

“މިއީ ރަށުގެ ރައްޔިތުންނަށް ވަރަށް ޚާއްސަ ހަދިޔާއެއް. ޚާއްސަކޮށް ޢީދު ދުވަހާ ދިމާކޮށް މިފަދަ ތަނެއް ހުޅުވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” ކައުންސިލުގެ ރައީސް އަލީ ސަމީހު ވިދާޅުވި އެވެ.


