އީދު ބަންދުގައި ކަމަދޫއަށް ރެކޯޑު އާމްދަނީއެއް

ކަމަދޫގައި ކުރިއަށްގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން- ފޮޓޯ / އަހްނަފް މުފީދު

ނިމިދިޔަ އަޟުހާ އީދު ބަންދުގައި ބ. ކަމަދޫގެ އިގްތިސާދަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ފަތުރުވެރިކަމުގެ ދާއިރާއިން ލިބިއްޖެއެވެ. މި އާމްދަނީ ލިބިފައިވަނީ އީދު ބަންދުގެ އެންމެ ފަސް ދުވަހުގެ ތެރޭގައެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވި ގޮތުގައި އީދު ބަންދުގައި އެ ރަށަށް ގާތްގަނޑަކަށް 1,500 މެހެމާނުން ރަށަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ރަށުގައި ހުރި 13 ގެސްޓު ހައުސްގެ 350 ކޮޓަރީގެ އިތުރުން، ކުއްޔަށް ދޫކުރާ ގެތަކާއި މީހުން ދިރިއުޅޭ ގެތައް ވެސް މެހެމާނުންނަށް ފުރިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓު ލޫކަސް ޖަލީލް ހާމަކުރި ގޮތުގައި ގެސްޓު ހައުސްތަކުން އެކަނި ދުވާލެއްގެ މައްޗަށް 280,000 ރުފިޔާގެ އާމްދަނީއެއް ރަށަށް ލިބިފައިވެއެވެ.

ކަމަދޫގައި ކުރިއަށްގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން- ފޮޓޯ / އަހްނަފް މުފީދު

ޑެއިލީ 700 ނޫނީ 800 އެބަ އަރާ ޝޯތަކަށް ވެސް. ވަރަށް ބައިވަރު ގޭގޭ ހުރޭ ކުއްޔަށް ދޫކުރާ. އެހުރިހާ ގެތައް ވެސް އޮތީ ފުލްކޮށް,” ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ގެސްޓު ހައުސްތަކުގެ އާމްދަނީގެ އިތުރުން ރެސްޓޯރެންޓު، ހޮޓާ އަދި ކެފޭތަކުން ވެސް ރަށަށް ވަނީ ގިނަ އަދަދެއްގެ އާމްދަނީ ލިބިފައެވެ. މިއީ ރަށުގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

ލޫކަސް ޖަލީލް ފާހަގަކުރި ގޮތުގައި ކަމަދޫއަކީ ލޯކަލް ޓޫރިޒަމްގެ ރޮނގުން ނަމޫނާ ރަށެކެވެ. އަދި ކަމަދޫއަށް އަވަހަށް ސީޕްލޭންގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.