ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް އަންނަ މަހު ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ރ. އަތޮޅާއި ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް މި މަހު ރ. އަތޮޅުގައި ފަށައި އަންނަ މަހުގެ ތެރޭގައި ބ. އަތޮޅުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

“މި މަސް ނިމެންވާއިރަށް ރ. އަތޮޅުގައި އަޅުގަނޑުމެންނަށް އާރްޓީއެލްގެ މަސައްކަތް ފެއްޓޭނެ. ދެން ހަމަ އެއާ އެއްކޮށް ޖުލައި މަސް ނިމެންވާއިރަށް ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށޭނެ،” ސައުދީ ވިދާޅުވި އެވެ.

އާރްޓީއެލްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވާ މަޝްރޫއެއްގެ ގޮތުގައި ސައުދީ ފާހަގަކުރެއްވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މި ޚިދުމަތް ފުޅާކުރުމަށް ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރި ކަމަށާއި، އެ އަމާޒާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ފެށި އާރުޓީއެލްގެ ހިދުމަތް ނ، ރ އަދި ބ އަތޮޅަށް ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރިލް މަހު ތެރޭގަ އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތީ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކުރާ ގޮތަށެވެ.

އާރުޓީއެލްގެ ޚިދުމަތް ދިހަ އަތޮޅެއްގައި މިހާރު އަންނަނީ ދެމުންނެވެ.  އެއީ، ޒޯން 1 ގެ ހއ، ހދ، ށ. އާއި ޒޯން 2 ގެ ނ، ޅ. އާއި، ޒޯން 5 ގއ، ގދ. އަދި ޒޯން 6 ގެ ޏ، އާއި ސ. އަތޮޅުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.