މަސްތުވާތަކެއްޗާއެކު ކަމަދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓަކާއެކު ބ.ކަމަދޫ އިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި ހައްޔަރުކުރެވުނީ ބ. ކަމަދޫ ސުވާސާގެ، އަލީ ރިޔާޒު ހަސަން (53އ) އާއި، ބ. ކަމަދޫ ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) އެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ދެ މީހުން ހައްޔަރުކުރެވުނީ ޖުލައި 2 ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ކަމަދޫގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ރިޔާޒު ހަސަން 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އާމިނަތު ފަރީޝާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.