އެޓޯލް ޗެލެންޖުން މާޅޮސް ވަކިވެއްޖެ

މިދިޔަ އަހަރު އޮތް އެޓޯލް ޗެލެންޖްގައި މާޅޮހާއި ގޮއިދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް އެޓޯލް ޗެލެންޖްގައި މާޅޮހާއި ގޮއިދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

ޑިސެމްބަރ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުން މާޅޮސް ޓީމު ވަކިވެއްޖެ އެވެ. މުބާރާތް ފެށުމަށް ކުޑަ ދުވަސްކޮޅަށް ވެފައި ވަނިކޮށް މާޅޮހު ކައުންސިލުން މިހާރު ވަނީ އެޓީމު މުބާރާތުން ވަކިވިކަން އިންތިޒާމު ކުރާ ފަރާތަށް އަންގާފައެވެ.

މާޅޮހު ކައުންސިލުން ބުނެފައިވާގޮތުގައި އެރަށުން މުބާރާތުން ވަކިވާން ނިންމީ ކައުންސިލްގެ މާލީ ހާލަތު ދަށްވުމުންނާއި މުބާރާތް ކުޅޭނެ ކުޅުންތެރިން މިވަގުތު އެރަށުގައި ނެތުމުންނެވެ. މުބާރާތް ކުޑަތަންވެފައި ވަނިކޮށް ވަކިވުމުން މާޅޮސް ޓީމަށް ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެއެވެ.

މާޅޮސް މުބާރާތުން ވަކިވުމުން މިހާރު މިހާރު މުބާރާތުގައި ވާދަކުރާނީ ފަސް ރަށަކުންނެވެ. އެއީ އޭދަފުށި، ކުޑަރިކިލު، ގޮއިދޫ، ކިހާދޫ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ފެހެންދޫ އެވެ. މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައި ވީނަމަވެސް މާޅޮސް ޓީމު މުބާރާތުން ވަކިވުމުން ޝެޑިއުލްއަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.