ބެޑްމިންޓަން: ހުސައިން މުހައްމަދު ފައިނަލަށް

12313658_1073716939306235_3072586583669972712_nމާލޭގައި މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަންގެ އޯޕަން އިވެންޓުގެ ސިންގަލްސް ފައިނަލުން ހުސައިން މުހައްމަދު ޖާގަ ހޯދައިފި އެވެ.

ހުސައިން މުހައްމަދު ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލު މެޗް ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.

ހުސައިން ފައިނަލުގައި ނުކުންނާނީ ނިބާލު އަހްމަދު އާ ދެކޮޅަށެވެ. މިއީ ހުސައިން ދެވަނަ ޑިވިސަނުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމް އޯޕަން ބައިގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރުވެސް ހޯދީ ހުސައިން މުހައްމަދު އެވެ. ހުސައިން މިފަހަރުވެސް މި ބައިގައި ވާދަކުރި ނަމަވެސް ރޭ ވަނީ ސެމީ ފައިނަލުގައި 2-1 އިން ބަލިވެފަ އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފޭލި މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔުނިކް ސްޕޯޓްސް ކުލްބަ އަތުން ބަލިވެގެންނެވެ. ‏އަތޮޅު ލީގުގައި ވާދަކުރި އޭދަފުށީ ބީޑީސީ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން މޮޅުނުވެ އެވެ.

މުބާރާތުގެ އޯޕަން ބައިގެ ފައިނަލު މެޗުތައް ކުޅޭނީ މިއަދު ހަވީރު އެވެ. ފައިނަލު މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން ލައިވް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.