ދެވަނަ ޑިވިސަންގެ ސިންގަލްސް ޗެމްޕިއަންކަން ހުސައިން އަށް

ހުސައިން މުހައްމަދު ޗެމްޕިއަން ޓްރޮފީއާއެކު
ހުސައިން މުހައްމަދު ޗެމްޕިއަން ޓްރޮފީއާއެކު

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން ބ. އޭދަފުށީ ސާދީވިލާގެ ހުސައިން މުހައްމަދު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު ދެވަނަ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން ހޯދީ ފައިނަލުގައި ނިބާލު އަހްމަދު ބަލިކުރުމަށް ފަހު އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 15-21، 22-20 އަދި 21-17 އިންނެވެ.

މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން 14 އަހަރުގެ ނިބާލް އަހުމަދު އަކީ މި މުބާރާތުގައި ވެސް އެންމެ އުއްމީދީ އަދި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އޭދަފުށީ ބެޑްމިންޓަން ޓީމު ދެވަނަ ޑިވިޝަނުގެ ފައިނަލަށް ނުގޮސް ކެޓީ ޓީމު އިވެންޓްގައި ހުސައިންހެ މައްޗަށް ނިބާލު ކުރި ހޯދުމުންނެވެ. ނަމަވެސް ރޭ ވަނީ ހުސައިން ނިބާލުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން މުހައްމަދު ސާރިމް ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޒުވާން ކުޅުންތެރިޔާ މައިސާ ފަތުހުﷲ އިސްމާއިލް އެވެ.
ފުރަތަމަ ޑިވިޝަން އަންހެން ފައިނަލުން މައިސާ މޮޅުވީ ނީލާ އަހުމަދު ނަޖީބު ބަލިކުރުމަށް ފަހު އެވެ.

ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނަޝީދު ހޯދީ ފައިނަލުގައި މުހައްމަދު އާކިފް ބަލިކުރުމަށް ފަހު އެވެ.

ރޭގެ ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޖެންޑަ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ބައެއް ވެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.