ބ. އޭދަފުށީ، ފެހަނޑަމާގޭ ފާތުމަތު އިބްރާހިމް ނިޔާވެއްޖެ އެވެ.
ފާތުމަތު އިބްރާހީމް 94، ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ބަލިވެއުޅުމަށްފަހު މިރޭގެ ވަގުތެއްގައި އޭދަފުށީގަ އެވެ.
މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނަނީ މިރޭގެ ފަތިސް ނަމާދަށް ފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. ވީހާވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަކީ އެ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.
އަލްމަރުޙޫމާ ފާތުމަތު އިބްރާހިމްގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
94yrs