އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ބ. އަތޮޅު ކައުންސިލުން މާލޭގައި އިހުތިޖާޖުކުރަން ނިންމައިފި

އަތޮޅު ކައުންސިލްތައް އުވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، އެކަމާ ދެކޮޅަށް، އެހެން އަތޮޅުތަކުގެ ކައުންސިލްތަކާ ގުޅިގެން މާލޭގައި އިހުތިޖާޖީ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 83 ވަނަ އާންމު ބައްދަލުވުމުގައެވެ.

ރައީސް މުޙައްމަދު މުޢިއްޒު އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ބ. އަތޮޅު ކައުންސިލުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށާއި، ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ބަޔާނެއް ނެރުމަށްވެސް ނިންމާފައެވެ.

ރައީސް މުޢިއްޒު ވަނީ އަންނަ އަހަރުގެ މާރިޗު މަހު އޮންނަ ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނުއަސާސީ އިޞްލާޙު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމެނޭ ބޭކާރު ފަށަލައެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބައެއް ކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެއްބަސްވާނެ ކަަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އަތޮޅު ކައުންސިލްތައް އުވައިލެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ވާތީ އެކަން އޮތީ ކުރާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.