ތުޅާދު އަށް އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި އަތުލައިގެންފި

ތުޅާދޫގެ މަތިން ނަގާފައިވާ ފޮޓޯެއް. މަޝްރޫއުތައް ލަސްވެ ތުޅާދޫ ކައުންސިލުގެ ކަންބޮޑުވުންތައް ވަނީ ބަންޑުންކޮށްލާފައި. އަދަދު ފޮޓޯ/އާއިމް ޒަމީރު

ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނިގޮތުގައި މި ތަކެތި ހޯދާފައިވަނީ ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެގޮތުން ތުޅާދޫ ފުލުހުން އިއިްޔެ ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅު ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު މިތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގުރާމެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތި ރަށްރަށަށް އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.