
ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕް ފައިނަލުގައި ބ. އޭދަފުށީގެ ޗެމްޕިއަން، ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ) އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރުމަށް ހަމަޖެހިއްޖެއެވެ. .
ރޭގެ ސެމީ ފައިނަލް މެޗުތަކުގައި އާރްއާރްސީން ހދ. ގެ ޗެމްޕިއަން ޓީމު ނައިވާދޫ އަތުން 4-2 އިން މޮޅުވިއިރު، ރިސޯޓް ސެކްޓަރުގެ ޗެމްޕިއަން އަދި މިދިޔަ އަހަރުގެ ރަނަރަޕް ޖޯލި އަތުން ސީސީ މޮޅުވީ 2-0 އިންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސީސީ އާއި ޖޯލީގެ މެޗުގައި ސީސީގެ ފަރާތުން މުހައްމަދު ފާސިރު (ފާއްޓޭ) އާއި އަޔާޒް އަހުމަދު (އަޔާ) ގޯލު ޖެހިއެވެ. މި މެޗުގައި ސީސީގެ ކީޕަރު އަބްދުﷲ ނާސިހު ވަނީ ޖޯލި ޓީމުގެ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ކިންގްސް ކަޕްގެ ފައިނަލް މެޗު އާރްއާރްސީ އާއި ސީސީ އާ ދެމެދު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.
