ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް

“މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް” ގެ ނަމުގައި ހިންގާ ޕްރޮޖެކްޓުގެ ދަށުން ވ. ރަކީދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، މުޅި އެ އަތޮޅަށް ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އޭޓީއެމްގެ ހިދުމަތް ފުޅާކޮށްފި އެވެ.

އޭޓީއެމް ހިދުމަތް ތައާރަފްކުރަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔަތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިއްޖެ ކަމަށެވެ. ކޮންމެ އޭޓީއެމަކީ ވެސް އެ ރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް ކަމަށާއި މިއީ ފަސޭހަ ކަމާއެކު އަސާސީ ބޭންކިން ހިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވި އެވެ.

“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން މިއަދު ފ. ފީއައްޔާއި ބިލެތްފަހީގައި ވެސް އޭޓީއެމްގެ ހިދުމަތް ފަށަން ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 42 ބްރާންޗާއި 181 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 225 އޭޓީއެމް އާއި އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.