ބީއެމްއެލްގެ ބްރާންޗެއް މާމިގިލީގައި ހަދަނީ

ބީއެމްއެލްގެ މާމިގިލީ ބްރާންޗުގެ ބިންގާ މިއަދު އަޅުއްވައި ދެއްވަނީ.—ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އދ. މާމިގިލީގައި އެ ބޭންކުގެ ބްރާންޗެއް ގާއިމުކުރުމަށް މިއަދު ބިންގާ އަޅައިފި އެވެ.

އެ ބްރާންޗުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މާމިގިލީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މާމިގިލީގައި އޭޓީއެމްގެ ހިދުމަތްދީ، އާ ބްރާންޗެއްގެ މަސައްކަތް ފެށުމަކީ އެ ރަށުގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވެސް ބޭންކިންގެ ހިދުމަތްތައް ހޯދުމަށް އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި މިއީ ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށަކަށް މުހިންމު ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު، ބީއެމްއެލުން 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފްސާވިސް ބޭންކިން ސެންޓަރު، 248 އޭޓީއެމްގެ އިތުރުން އޮންލައިން ބޭންކިންގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.