ގުރުއާން ހިތުދަސްކޮށް ޒާން ހާފިޒަކަށް

ބ. އޭދަފުށި، ގުލާބީވިލާ، ޒާން މުޙައްމަދު ޒަމީލް، 20 ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޒުކަމުގެ ސަނަދު ހާސިލުކޮށްފިއެވެ.

މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ވަނީ ޒާން އާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވާފައެވެ.

ޒާން ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އުފެދި، އެ މަސައްކަތް ފަށާފައިވަނީ އުމުރުން 12 އަހަރުގައެވެ. މިއަހަރު އޭ ލެވެލް ނިންމި ޒާން ވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީއަށް ކިޔައިދީ، ވަރަށް ފުރިހަމަ ނަތީޖާއެއް ޙާޞިލުކޮށްފައެވެ.

ގުރުއާން ހިތުދަސްކުރުމުން ހާފިޒުކަމުގެ ސަނަދު ލިބެނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ގުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ. ޒާން ވަނީ މި އިމްތިހާނުން ފާސްވެ، ޙާފިޡްކަމުގެ ސަނަދު ހާސިލުކޮށްފައެވެ.

ޒާންގެ ދީނީ ޚިދުމަތްތަކުގެ ތެރޭގައި މިދިޔަ އަހަރުތަކުގެ ރަމަޟާން މަސްތަކުގައި އޭދަފުށީގައި ދަމު ނަމާދާއި ތަރާވީޙް ނަމާދު އިމާމުވެ ކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ބާއްވާ ގުރުއާން މުބާރާތްތަކުން ވަނަތައް ހާސިލުކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.