
ބ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ.
މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީން ބުނީ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މި މަޝްރޫއުގެ އިތުރުން ރ، ބ އަދި ޅ އަތޮޅުގެ އެހެނިހެން މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
75.43 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 450 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 453 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްކަމަށް ވެސް އެ ކުންފުނިން ކުރާނެ އެވެ.
930 ދުވަހުގައި ނިންމާ ގޮތަށް މާޅޮހު ބަނދަރު އެމްޓީސީސީއާއި ހަވާލުކުރީ މާޗު 1, 2023 ގަ އެވެ.