ޕްލޫޓޯގައި ދިރުން ހުރެދާނެކަމުގެ އިތުރު ހެކިތަކެއް

1016777_1_1203-pluto-icy-planet_standard

އަހަރެމެންގެ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ އެންމެ ބޭރުފަށުގައިވާ ބިމެއް ކަމަށްވާ ޕްލޫޓޯގައި ދިރޭ މަހުލޫގުން އުޅެފާނެކަމާމެދު ކުރެވޭ ޝައްކުތައް އަނެއްކާވެސް ފެންމަތިވެއްޖެއެވެ. އެއީ، ގަނޑުވެފައިވާ ޕްލެނެޓެއް ކަމަށްވާ ޕްލޫޓޯއާ ގުޅޭގޮތުން މި މަހު ޝާއިއު ކުރި އާ ދިރާސާތަކަކާ ގުޅިގެންނެވެ.

އާ ދިރާސާތަކާ ހަވާލާދީ ސައިންސްވެރިން ބުނަނީ ޕްލޫޓޯގެ ބޭރު ފަށަލާގައި ގިނަ އަދަދަކަށް އެމޯނިޔާ މާއްދާ ހިމެނޭ ކަމަށާއި، މިއީ އަހަރެމެންގެ ދުނިޔޭގައި ދިރޭ މަހުލޫގުންނާ ނުގުޅޭ ކެމިކަލެއް ކަމަށް ވިޔަސް، ޕްލޫޓޯގައި އާ ބާވަތެއްގެ ދިރުންތަކެއް ހުރެދާނެ ކަމުގެ އަލާމާތެއް ކަމަށެވެ.

“ވަރަށް ވިހަގަދަ، ފިނި، ލޮނު އަދި އެމޯނިޔާ ހިމެނޭ ކަނޑެއް ޕްލޫޓޯގައިވާ ކަމަށް ބެލެވޭ. އެހެންކަމުން އަހަރެމެން ހީ ނުކުރާ ފަދަ އާ ބާވަތެއްގެ ދިރުމެއް ހުރެދާނެ ކަމަށް ބެލެވޭ،” ފަހުން ޝާއިއު ކުރި ދެ ދިރާސާގެ ތެރެއިން އެއް ދިރާސާގައި ބައިވެރިވެ ވަޑައިގަތް ޑރ. ވިލިއަމް މެކިނަން ވިދާޅުވިއެވެ.

“ނޭޗާ” މަޖައްލާގައި ޝާއިއު ކޮށްފައިވާ މި ދެ ދިރާސާގައި ބޭނުން ކޮށްފައިވަނީ ވޭތުވެދިޔަ ދެ އަހަރު “ނިއު ހޮރައިޒަންސް” ޖައްވީ އުޅަނދުން ޕްލޫޓޯއާ ގާތުން ނަގާފައިވާ ފޮޓޯތަކުގެ މައްޗަށެވެ. އަދި މި އަހަރު ކުރީކޮޅު ޝާއިއު ކޮށްފައިވާ ދިރާސާއަކުން ވަނީ، ޕްލޫޓޯގައި އެކި ބާވަތުގެ ކެމިކަލްތައް ހިމެނޭ ކަނޑެއް އޮންނަކަމުގެ ހެކި ފެނިފައެވެ.

މެކިނަން ވިދާޅުވީ މި ފަދަ މަސްހުނި ކެމިކަލްތަކަކީ އެކި ބާވަތުގެ ދިރުން އުފެދުމަށް ރަނގަޅު މާހައުލުތަކެއް ކަމަށެވެ. ނަމަވެސް އެއީ އަހަރެމެންގެ މި ދުނިޔޭގައި އުޅޭ މަހުލޫގުންނާ މުޅިން ތަފާތު މަހުލޫގުންތަކެއް ކަމަށެވެ.

“އަހަރެމެންގެ ހިޔާލަށް ވެސް ނުގެނެވޭ ޒާތެއްގެ މަހުލޫގުންތަކެއް މި ފަދަ ވިހަ ކެމިކަލްތަކަކުން އުފެދިދާނެ،” އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕްލޫޓޯ ފަދަ ޕްލެނެޓްތަކުގައި އޮންނާނީ އަހަރެމެންގެ ދުނިޔޭގައި އޮންނަ ކަހަލަ ކަނޑުތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެ ގާތީ އެއް ސެލް ހިމެނޭ ފަދަ، މައިކްރޮސްކޯޕުން ނޫނީ ނުފެންނަ ފަދަ ކުދި ސޫފިތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.