
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ މިއަދު އޭދަފުއްޓަށް ވަޑައިގެންފި އެވެ.
އޭދަފުށީ ކައުންސިލުގެ ދައުވަތަކަށް ޗައިނާގެ ސަފީރާއި އެ މަނިކުފާނުގެ ޓީމު މިއަދު މެންދުރު އޭދަފުއްޓަށް ވަޑައިގަތުމުން ވަނީ ހޫނު މަރުޖަބާއެއް ކިޔާފަ އެވެ.

ސަފީރުގެ މި ދަތުރުގައި މިއަދު ހަވީރު ވަނީ އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމަށާއި ބެޑްމިންޓަން ކޯޓަށް ވަޑައިގެން އެތަންތަން ބައްލަވާލައްވާފަ އެވެ.
އަދި މިރޭ ބާއްވާ ކަލްޗަރަލް ނައިޓްގައި ވެސް ސަފީރާއި އެމަނިކުފާނުގެ ޓީމު ބައިވެރިވަޑައިގަންނަވާނެ އެވެ.

ސަފީރުގެ މި ދަތުރުފުޅުގައި މާދަމާ ބ. އަތޮޅު ތައުލީމީ މަރުކަޒަށާއި އަތޮޅު ހޮސްޕިޓަލަށްވެސް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
