ގޮއިދޫ އަތުންވެސް ބަލިވެ ، ކުޑަރިކިލު ކަޓައިފި

ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ގޮއިދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗްގެ ތެރެއިން  | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ގޮއިދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިޔަށްގެންދާ ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ކުޅެވުނު މެޗްގައި ގޮއިދޫ އަތުންވެސް ބަލިވެ ކުޑަރިކިލު މުބާރާތުން ކަޓައިފިއެެވެ.

އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ކުޑަރިކިލާ ވާދަކޮށް ގޮއިދޫ މިއަދުގެ މެޗް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ގޮއިދޫއިންނެވެ. މި ލަނޑު މެޗްގެ 12 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (ކިތުނާ)އެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ކުޑަރިކިލު ޓީމުގެ ގޯލް ކީޕަރ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެ ދިޔައީ 0-1 ގެ ނަތީޖާއަކުންނެވެ.

ގޮއިދޫއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓްއަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. އެހެންނަމަވެސް އޭގެ 1 މިނިޓް ފަހުން ކުޑަރިކިލުން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމުގެ ހުސައިން ހަންނާން ކާމިޔާބުކުރީ ގޮއިދޫ ކީޕަރގެ ބޯ މަތިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ކުޑަރިކިލުން ލަނޑު ޖެހުމަށް ފަހު އިތުރު ލަނޑެއް ޖެހުމަށް އެމީހުން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ގޮއިދޫން ޖެހި 3 ވަނަ ލަނޑު ފެނިގެންދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 5 ވަނަ މިނިޓްގައެވެ. މި ލަނޑު ގޮއިދޫ ޓީމަށް ކާމިޔާކޮށްދިނީ ހުސައިން ޝާމްއެވެ.

ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ގޮއިދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗްގެ ތެރެއިން  | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ގޮއިދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި ނަތީޖާއާއެކު ކުޑަރިކިލު ޓީމް ވަނީ ކުޅުނު 2 މެޗުންވެސް ބަލިވުމުން މުބާރާތުން ކަޓާފައެވެ. މިއަދުގެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ގޮއިދޫ އޮތީ ގްރޫޕް ބީ ގެ އެއްވަނައިގައެވެ. ފެެހެންދޫ ޓީމު ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކުރުމުން އެޓީމަށްވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް ގޮއިދޫއަށް ގްރޫޕްގެ އެއްވަނަ މަޤާމް ލިބެނީ ގޯލްގެ ތަފާތުންނެވެ. މި ގްރޫޕް ގައި ދެން އޮންނާނީ ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރާ ފޯރި ގަދަ މެޗެވެ. މި މެޗުން މޮޅުވާ ޓީމެއް ގްރޫޕް ބީ ގެ އެއްވަނައިގެ ގޮތުގައި ސެމީ އަށްދާނެއެވެ.

މި މުބާރާތުގައި މާދަމާވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ 15:50 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ ގައި އޮތް ހަަމައެކަނި ދެ ޓީމު ކަމަށްވާ އޭދަފުއްޓާއި ކިހާދޫ ޓީމެވެ. މި ދެޓީމު މި މުބާރާތުގައި އިއްޔެ ކުޅުނު މެޗް 0-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭދަފުށި ފުޓްބޯޅަ ޓީމުންނެވެ.

ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ގޮއިދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗްގެ ތެރެއިން  | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ގޮއިދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސާ އަކީ އަރާބީ އެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ އަކީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓެވެ. ޓެލެކޮމް ޕާޓްނަރ އަކަށް ދިރާގު ހަމަޖައްސާފައިވާއިރު މިފަހަރުވެސް މީޑިޔާ ޕާޓްނަރ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.