ގްރޫޕް އޭ ގެ އެއްވަނަ އޭދަފުށްޓަށް

ބ އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ކިހާދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ކިހާދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ޔޫ ސްޕޯޓްސް އިންތިޒާމްކޮށްގެން މިހާރު ބ އޭދަފުށީގައި ކުރަޔަށްގެންދާ ބ އެޓޯލް ފުޓްބޯޅަ ޗެލެންޖްގައި ގްރޫޕް އޭ ގެ އެއްވަަނައިގެ ގޮތުގައި އޭދަފުށި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އޭދަފުއްޓަށް ގްރޫޕްގެ އެއްވަނަ ލިބުނީ 1-3 ގެ ނަތީޖާއަކުން ކިހާދޫ ބަލިކުރުމުންނެވެ. މި މުބާރާތުން މާޅޮސް ވަކިވުމުގެ ސަބަބުން މީގެ ކުރިން އޮޓަމެނިކުން އޭދަފުއްޓަށާއި ކިހާދު އަށް ވަނީ ސެމީ އިން ޖާގައެއް ކަށަވަރުވެފައެވެ.

ބ އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ކިހާދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ކިހާދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދުގެ މެޗުގައި ފުުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ކިހާދޫ ފުޓްބޯޅަ ޓީމުންނެވެ. މި ލަނޑު މެޗުގެ 43 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ކޯނަރަކުން ހުސައިން އީމާންއެވެ. އެހެން ނަމަވެސް އޭގެ ފުރަތަމަ ހާފް ގެ އިތުރުވަގުތުގެ ތެރޭގައި އޭދަފުށިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަަމަކޮށްފައެވެ. މި ލަނޑު އަހުމަދު ސުހައިލް (ބަންބުޗް) ގޯލް އޭރިޔާ ތެރަޔަށް ނަގައިދިން ހިތްގައިމު ބޯޅައަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމުވެސް އެއްވަރުވެގެންނެވެ.

އޭދަފުށި ޓީމުގެ ދެވަނަ ލަނޑު މެޗުގެ 52 ވަަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަޒްމީން އަބްދުއް ސައްތާރެވެ. އޭދަފުށިން ފަހަތުން އަރާ ދެވަނަ ލަނޑު ޖެހުމުން ކިހާދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބަދަލު ކުޅުންތެރިއްގެ ގޮތުގައި 62 ވަނަ މިނިޓްގައި ކުޅެން ނިކުތް އަލީ ފާސިރު (ސެންޓޭ) ވަނީ އޭދަފުއްޓަށް 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު 84 ވަނަ މިނިޓްގައި ސެންޓޭ ކާމިޔާކޮށްދިނީ ދަނޑުގެ އަރިމަތިން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރ އަތުގައި ޖައްސާލައިގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައި އޭދަފުށި މިވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލުގައި އޭދަފުށި ބައްދަލުކުރާނެ ޓީމެއް ކަށަވަރުވެގެންދާނީ ގްރޫޕް ބީ ގެ ފަހު މެޗުގައި މާދަމާ ހަވީރު ގޮއިދޫ އާއި އެންމެ ފަހުން ޗެންޕިއަން ފެހެންދޫ ބައްދަލުކުރާ މެޗްގެ ނަތިޖާ ނިކުންނަގޮތަކުންނެވެ.

ބ އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ކިހާދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓާއި ކިހާދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ. ސެމީ ފައިނަލުގެ މެޗްތަށް ފަށާނީ ހަވީރު 15:45 ގައެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސާ އަކީ އަރާބީ އެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ އަކީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓެވެ. ޓެލެކޮމް ޕާޓްނަރ އަކަށް ދިރާގު ހަމަޖައްސާފައިވާއިރު މިފަހަރުވެސް މީޑިޔާ ޕާޓްނަރ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.