އޭދަފުށީ ކޭބަލް ނެޓްވޯކް ޑިޖިޓަލް ކޮށްފި

loewe_medianet_top_670

މީޑިއާ ނެޓާ ގުޅިގެން އޭދަފުށީގައި ކޭބަލް ޓީވީގެ ހިދުމަތްދޭ އޭދަފުށީ ކޭބަލް ނެޓްވޯކުގެ ހިދުމަތް އެއްކޮށް ޑިޖިޓަލްކޮށްފި އެވެ.

އޭދަފުށީ ކޭބަލް ނެޓްވޯކުން ބުނި ގޮތުގައި އެކުންފުނިންް ދެމުންގެންދިޔަ ކޭބަލް ޓީވީގެ ހިދުމަތް ޑިޖިޓަލްކުރީ ޒަމާނީ ފެންވަރުގައި ކޮލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން ކުރިން ދެމުން ގެންދިޔަ އެނަލޮގުގެ ހިދުމަތް އިއްޔެއިން ފެށިގެން އެއްކޮށް ހުއްޓާލާފައިވާ ކަމަށާއި ޑީކޯޑަރާއި ނުލައި މިހާރު ހިދުމަތް ނުލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން އޭދަފުއްޓަށް ޑިޖިޓަލްކޮށް ފުރަތަމަ ކޭބަލް ޓީވީގެ ހިދްމަތް ފެށީ މިއަހަރުގެ ޖޫން މަހު ބޭއްވި ޔޫރޯ ފުޓްބޯޅަ ކަޕާ ދިމާކޮށެވެ. އަދި އެގޮތަށް ހިދްމަތް ދޭން ފެށުމުން ގިނަ ބަޔަކު ޑިޖިޓަލް އަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެ ކުންފުންނިން ބުންޏެވެ.

އެނަލޮގުގެ ހިދުމަތް ކަނޑަލުމުގެ ކުރިން އޭދަފުށީ ކޭބަލް ނެޓްވޯކްގައިތިބި ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން އެ ކުންފުނިން މިދިޔަ މަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަން 999ރ އަށް ވިއްކި ޑިޖިޓަލް ޑީކޯޑަރު ވިއްކާފައިވަނީ ހިލެ އެވެ.

އެ ކުންފުނިން ބުނީ ޕްރޮމޯޝަން ނިމުނުއިރު 99 ޕަސެންޓް ކަސްޓަމަރުން އެނަލޮގުން ޑިޖިޓަލްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭދަފުށީގައި ކޭބަލް ޓީވީގެ ހިދުމަތް ދެ ކުންފުންޏަކުން ދެމުން އަންނަ އިރު އޭދަފުށީ ކޭބަލް ނެޓްވޯކުގެ ހިދުމަތް 450 އަށްވުރެ ގިނަ ކަސްޓަމަރުން ދަނީ ބޭނުންކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.