ބަހިއްޔާ ޕްރީ ސްކޫލުގައި މަތީ ތައުލީމުދޭ މަރުކަޒެއް ހިންގާނެ ބަޔަކު ހޯދަނީ

ބަހީއްޔާ ޕްރީ ސްކޫލް | އީޓީ ފޮޓޯ:ތޯރިގް
ބަހީއްޔާ ޕްރީ ސްކޫލް | އީޓީ ފޮޓޯ:ތޯރިގް

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގައި މަތީ ތައުލީމުދޭ މަރުކަޒެއް ތަރައްގީކޮށް އެތަން ހިންގާނެ ބަޔަކު ހޯދުމަށް އޭދަފުށީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ބަހިއްޔާ ޕްރީ-ސްކޫލުގެ ފުރަތަމަ ބުރީގައި މަތީ ތައުލީމުދޭ މަރުކަޒެއް ތަރައްގީކޮށް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހު ކައުންސިލަށް ބީލަން ހުށަހަޅަން އިއުލާނުގައި އެދިފައިވެ އެވެ.

މި ބީލަމާގުޅޭ ގޮތުން މައުލޫމާތުދިނުން މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ރަށު ކައުންސިލު އިދާރާގައި އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގައި 2013 ވަނަ އަހަރު ވިލާ ކޮލެޖުންވަނީ މަތީ ތައުލީމުދޭ ކެމްޕަހެއް ގާއިމުކޮށް ކޯސްތަކެއް ހިންގައިފަ އެވެ. ނަމަވެސް އޭގެ ދެ އަހަރެއްހާ ފަހުން އެ ކެމްޕަސްވަނީ އެހެން އިމާރާތަކަށް ބަދަލުކޮށްފަ އެވެ. މިހާރު އެތަނުގައި ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތަކަކާއި މައި ކޮލެޖުގެ ކޯސްތަކެއް ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.