ދިރާގު ސަބްމެރިން ކޭބަލްގެ މަރާމާތަށް ‘އާސިއާން އެކްސްޕްލޮރާ’ ރާއްޖޭގައި

15327309_1315331238518903_8003407716614917089_n

ދިރާގު ސަބްމަރިންކޭބަލުގެ މުހިއްމު މެއިންޓެނަންސް މަސައްކަތަކަށް ‘އާސިއާން އެކްސްޕްލޯރާ’ ރާއްޖެ އަތުވެއްޖެ އެވެ.

ދިރާގު ޑޮމެސްޓިކް ސަބްމެރީން ކޭބަލް ނެޓްވާކް ގާއިމުކުރުގެ މަޝްރޫއަކީ ފަހަކަށް އައިސް އެ ކުންފުނިން ހިންގި އެންމެ ބިޔަ އެއް މަޝްރޫއެވެ. 27 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހއ. އަތޮޅުން ސ. އަތޮޅާއި ދޭތެރޭ 1253 ކިލޯމީޓަރުގެ ކޭބަލް އަޅައި ރާއްޖޭގެ އަށް (8) ސަރަހައްދެއްގައި ލޭންޑިން ސްޓޭޝަން ގާއިމުކޮށްފައިވެ އެވެ.

ދިރާގު ހައި ސްޕީޑް ނެޓްވާކް ރޯލްއައުޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިމެނޭ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި ދިރާގު ވެގެން ދިޔައީ ރާއްޖޭގައި މިފަދަ ކޭބަލެއްއަޅި މުޅިދިވެހިރާއްޖެއަށް ހިދުމަތް ފޯރުކޮށްދޭންފެށި ފުރަތަމަ ކުންފުނަޏަށެވެ. ހެޔޮ އަގުގައި މުޅި ރާއްޖެއަށް އެންމެ ޒަމާނީ ހިދުމަތް ފޯރުކޮށްދީ މުޅިރާއްޖެއަށް ހަމައެކަނި ބޮރޯޑް ބޭންޑު ހިދުމަތް ފޯރުކޮށްދީފައިވާ ކުންފުންޏަކީ ވެސް ދިރާގެވެ. އެގޮތުން ދިރާގުން ވަނީ ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީ ފުރިހަމަ 3ޖީ ނެޓްވާކެއް މުޅި ދިވެހިރާއްޖޭގައި ޤާއިމްކޮށްފައެވެ. އަދި މިހާރުވެސް ރާއްޖޭގެ އާބާދީގެ %60އަށް 4ޖީ އެލް.ޓީ.އީގެ ހިދުމަތް ފޯރުކޮށްދީ 2017ނިމުމުގެ ކުރިން މުޅިއާބާދީއަށް ފޯރުކޮށްދިނުމުގެ ހެޔޮހަބަރުވެސް ދިރާގުން ވަނީ ދީފައެވެ.

ދިރާގުން ހާމަކުރާގޮތުގައި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިރާގު ސަބްމަރިންކޭބަލު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ދުނިޔޭގެ އެންމެ ކަމަށް ޤާބިލު ކުންފުނިތަކާއި ވަނީ ސާރވިސް އަދި މެއިންޓެނެންސް ކޮންޓްރެކްޓުހެދިފައެވެ. އެގޮތުން ދިރާގުން ބޭރުގެ ކުންފުނިތަކާއި ހެދިފައިވާ އެގްރީމެންޓުގެ ދަށުން ‘އާސިއާން އެކްސްޕްލޯރާ’ އޭ ކިޔާ ކޭބަލް ރިޕެއަރ ބޯޓެއް މިއަދު ވަނީ ރާއްޖެއަށް އައިސްފައެވެ. މިބޯޓުގެ އިނޖިނިއަރުން ދިރާގުގެ އިންގިނިއަރުންނާއި އެކު ‘އދ’ އަތޮޅާއި ‘ލ’ އަތޮޅާއި ދެމެދު އެޅިފައިވާ ސަބްމަރިން ކޭބަލްގެ މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތްތައް ކުރުމަށް ‘އާސިއާން އެކްސްޕްލޯރާ’ މާލޭގެ ބަނދަރުން ‘ލ’ އަތޮޅަށް މިއަދު ފުރާނެއެވެ. އަދި މިމަސައްތަކް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14-10އަކަށެވެ.

މިމަސައްކަތް ކުރަމުން ދާއިރު ތ،ލ،ގއ،ގދ،ޏ އަދި ސ އަތޮޅުގައި ދިރާގުގެ ހިދުމަތް ހޯއްދަވަވަމުން ދާ ކަސްޓަމަރުންނަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެއެވެ. އެހެން ނަމަވެސް މޯބައިލުގެ ހުރިހާ ހިދުމަތެއް އެންމެ ފުރިހަމައަށް ހަމަ ފޯރުކޮށްދިނުމަށް ހުރިހާ ފިޔަވަޅުތަކެއް ދިރާގުން ވަނީ އަޅާފައެވެ. އެހެން ކަމުން މިއަތޮޅުތަކުގައި ތިއްބަވާ ބޭފުޅުންނަށް މޯބައިލުގެ ހިދުމަތްތައް މަސައްކަތް ކުރިއަށް ދާއިރުވެސް ބޭނުން ކުރެއްވޭނެކަމުގައިވެސް ދިރާގުން ހާމަކުރެ އެވެ.

ދިރާގުން ބުނެފައިވަނީ އެހެންނަމަވެސް މިމުހިއްމު ސާރވިސް މެއިންޓެނަންސް މަސައްކަތް ކުރިއަށް ދާއިރު ކަސްޓަމަރުން ދިމާވެދާނެ ދައްޗަކަށް ދިރާގުން ކަސްޓަމަރުންގެ ކިބައިން މާފަށް އެދިވަޑައިންނަވާ ކަމަށެވެ.

އަދި ދިރާގުން މުޅިރާއްޖެއަށް އެންމެ ފުރިހަމަ އިންޓަރނެޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މުޅި ރާއްޖޭގަ މޮބައިލް އިންޓަރނެޓްގެ ސްޕީޑް ހަލުވިކުރެވި މިހާރު ސަބްމެރެން ކޭބަލު މެދުވެރިކޮށް 4ޖީގެ ޚިދުމަތްވެސް މާލެއާ އާބަދީ ބޮޑެތި ސަރަހައްދުތަކުގެ އިތުރުން، މި އަދު މިވަނީ ރާއްޖޭގެ އެހެން އަތޮޅުތަކާ ގުޅުވާލުމުގެ މަޝްރޫ ފަށަފައި ކަމަށާއި އަދި ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިޔުމުން ރާއްޖޭގެ ހުރިހާ މުއައްސަސާތަކާ، އިޖުތިމާއި އަދި އިޤުތިސާދީ ރަށްރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެކަމީ ކަށަވަރުކަމެކެވެ. ދިރާގުން އަބަދުވެސް ކޭބަލް މެއިންޓެނަސްގެ މަސައްކަތް ކަމުގެ މާހިރުނާއި ގުޅިގެން ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކަސްޓަމަރުންނަށް އަރުވާ ކަމުގައިވެސް ދިރާގުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.