ޗެންޕިއަން ފެހެންދޫ ބަލިކޮށް ގޮއިދޫ ގްރޫޕް ބީ ގެ އެއްވަނައަށް

ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އޭދަފުށީގައި ފެށިގެން ކުރިޔަށްދާ ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ކުޅުނު މެޗުން އެންމެ ފަހުގެ ޗެންޕިއަން ފެހެންދޫ ބަލިކޮށް ގޮއިދޫ ގްރޫޕް ބީ ގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އޭދަފުށީ ފުުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗް ގޮއިދޫން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި ގޮއިދޫން ޖެހި ފުރަތަމަ ލަނޑު 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ސައްޓު މި ލަނޑު ކާމިޔާބުކޮށްދިނީ އޭރިޔާ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ގޮއިދޫ ޓީމުން ލަނޑު ޖަހާ ލީޑު ނެގުމުގެ ފެހެންދޫ އިންވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުންނެވެ.

ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދުގެ މެޗުގެ ދެވަނަ ހާފްގައި ރެފްރީވަނީ ގޮއިދޫ ޓީމުގެ އަބްދުލް ކަދަރު ، އާދަމް ނިޒާމް އަދި އަބްދުލް މަޖީދު (މަޖިއްޓޭ) އަށް ރީންދޫ ކާޑް ދައްކާފައެވެ. އޭގެ ފަހުން މެޗުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ. ގޮއިދޫ ޓީމުގެ ދެވަނަ ލަނޑު މެޗް ނިމެން ކުޑަތަންވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު (މަޖިއްޓޭ) އެވެ. މި މުބާރާތުގައި މިއަދު ވަނީ ފުރަތަމަ ފަހަރަށް ކުޅުންތެރިޔަކަށް ރަތް ކާޑެއް ދައްކާފައެވެ. މި ކާޑް ފެހެންދޫ ޓީމުގެ މުހައްމަދު ނިރާޝް އަށް ރެފްރީ ދެއްކީ ރެފްރީ އާ ދިމާލަށް ވެލި އުކުމުގެ ސަަބަބުންނެވެ.

0-2 ގެ ނަތީޖާއަކުން މިއަދުގެ މެޗް ގޮއިދޫން ކާމިޔާބު ކުރުމުން 6 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނަ ގޮއިދޫއަށް ވަނީ ލިބިފައެވެ.

ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ އޭދަފުށި އަދި ގްރޫޕް ބީގެ ދެވަނަ އަށް ދިޔަ ޗެންޕިއަން ފެހެންދޫއާއެވެ. އާދިއްތަ ދުވަހު އޮންނަ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ގްރޫޕް ބީ ގެ އެއްވަނަ ގޮއިދޫ ނިކުންނާނީ ގްރޫޕް އޭ ގެ ދެވަނަ ޓީމް ކިހާދޫ އާދެކޮޅަށެވެ. ސެމީ ފައިނަލުގެ މެޗްތަށް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 15:45 ގައެވެ.

ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސާ އަކީ އަރާބީ އެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ އަކީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓެވެ. ޓެލެކޮމް ޕާޓްނަރ އަކަށް ދިރާގު ހަމަޖައްސާފައިވާއިރު މިފަހަރުވެސް މީޑިޔާ ޕާޓްނަރ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.