ދުނިޔެ އޭގެ އަމިއްލަ ޒާތުގައި ދައުރުވާ ދައުރުވުމަށް ނަގާ ވަގުތު އިތުރު ވެއްޖެ ކަމަށް ސައިންސްވެރިން ވިދާޅުވެއްޖެވެ.
އެ ގޮތުން، މިވީ 2000 އަހަރު ދުވަހުގެ ތެރޭގައި ރެއާއި ދުވާލެއްގެ ދިގުމިން 7 ގަޑިއިރުން އިތުރުވެފައިވާ ކަމަށްވެއެވެ.
އެއީ، މި މުއްދަތުގެ ތެރޭގައި، ދުވާލަކު 1.8 މިލިސިކުންތުގެ “ލަސްވުމެއް” ދުނިޔެއަށް ކުރިމަތިވެފައިވާތީ ކަމަށް، އިއްޔެ ޝާއިއު ކުރި “ޕްރޮސީޑިންގސް އޮފް ދަ ރޯޔަލް ސޮސައިޓީ އޭ”ގައިވެއެވެ.
މިކަން މިގޮތަށް ހާމަވުމުގައި ވޭތުވެދިޔަ 2700 އަހަރު ދުވަހު ރެކޯޑު ކުރެވިފައިވާ ހަނދާއި އިރުކޭތަތަކުގެ މައުލޫމާތުން އެނގޭ ކަމަށް، ރިޕޯޓްގައިވެއެވެ.
މި ރެކޯޑުތަކުގެ އަލީގައި އީސާގެފާނުގެ 700 އަހަރު ފަހުން، އެއިރު މެންދުރު ބާރަޖަހާއިރު ކަމަށް ދައްކާނީ، މިހާރުގެ ގޮތުން ނަމަ އިރާކޮޅު ހަތެއް ޖަހާއިރު ކަމަށް ވެސް، ރިޕޯޓުގައިވެއެވެ.