ރައްޒާގު ޓީޗަރު ނިޔާވެއްޖެ

އަބްދުއްރައްޒާގު ހުސައިން
އަބްދުއްރައްޒާގު ހުސައިން

ބ. އޭދަފުށީ މޫމިޔާގޭ އަބްދުއްރައްޒާގު ހުސައިން (ރައްޒާގު ޓީޗަރު) މީގެ އިރުކޮޅެއް ކުރިން ނިޔާވެއްޖެ އެވެ.

އާއިލާގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވި ގޮތުގައި ހިތުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން އައި އަބްދުއްރައްޒާގު ހުސައިން ނިޔާވީ އުމުރުން 47 އަހަރުގައި ހާލު ސީރިއަސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިރޭ 12:40 ހާއިރު އެވެ.

އަބްދުއްރައްޒާގު ހުސައިން ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި 26 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފަ އެވެ.

10671350_712294898845528_5472916597131302726_n

ރައްޒާގުއާ އެކު ގިނަ ދުވަސްތަކެއް އެކުގައި މަސައްކަތްކުރި ތައުލީމީ މަރުކަޒުގެ ޓީޗަރަކު ބުނިގޮތުގައި ރައްޒާގު ނިޔާވި ހަބަރާ އެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އޭނާ އަކީ ހިތްހެޔޮ އަދި އެންމެންގެ ވެސް އެކުވެރިއެއް ކަމަށެވެ.

އޭނާ ނިޔާވި އިރު އަނބިކަނބަލަކާއި ދެ ކުދިން ދުނިޔޭގައި ތިއްބެވި އެވެ.

އަބްދުއްރައްޒާގުގެ ކަށުނަމާދު މިރޭގެ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ބޭއްވޭތޯ އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލްމަރުޙޫމް އަބްދުއްރައްޒާގު ހުސައިން ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.