އުރީދޫން މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ދެކުނުން އުތުރަށް ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ހިތަދޫގަިއ ކުރަނީ. ފޮޓޯ / އުރީދޫ
ރާއްޖޭގެ ދެކުނުން އުތުރަށް ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ހިތަދޫގަިއ ކުރަނީ. ފޮޓޯ / އުރީދޫ

އުރީދޫން މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އެޅުމަށް ހިންގާ 25 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ ދަށުން، ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތް އިއްޔެ ފަށައި، އައްޑޫގެ ހިތަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ކޭބަލް ގުޅާލާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ކޭބަލް މުޅި ރާއްޖޭގައި ދަމާލުމަށް، ހިތަދޫގެ އިތުރުން، ގދ. ތިނަދޫ، ހުޅުމާލެ، މ. ކޮޅުފުށި، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގައި ލޭންޑިން ސްޓޭޝަންތައް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ރާއްޖޭގެ ދެކުނުން އުތުރަށް ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ހިތަދޫގަިއ ކުރަނީ. ފޮޓޯ / އުރީދޫ
ރާއްޖޭގެ ދެކުނުން އުތުރަށް ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ހިތަދޫގަިއ ކުރަނީ. ފޮޓޯ / އުރީދޫ

މިއީ އުރީދޫ އަށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވީހާ ވެސް އަވަހަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ފަށާފައިވާ 25 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.

އުރީދުން ބުނީ މި ކޭބަލް އަޅައި ހިދުމަތް ދޭން ފެށުމުން، އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެ ކަމަށެވެ. އަދި މި ކޭބަލްގެ ހިދުމަތް ދޭނީ ވާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި މި މަޝްރޫއު ނިމުމުން މުޅި ރާއްޖެ އަށް ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.