ޒަރާފާ ދުނިޔެއިން ހުސްވެދާނެކަމުގެ އިންޒާރުދީފި

09giraffe_xp-superjumbo

ޒަރާފާ ދުނިޔެއިން ހުސްވެދާނެކަމުގެ އިންޒާރުދީ، ރައްކާތެރި ކުރެވިފައިވާ ދިރޭ މަހުލޫގުންގެ ލިސްޓަށް ލައިފިއެވެ.

ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގައި އުޅޭ ޒަރާފާގެ އަދަދު 97،600 އަށް މަދުވެފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ޒަރާފާ މަދުވެފައިވަނީ އެ ތަކެތި ވަގަށް ޝިކާރަ ކުރުމާއި، އަދި އެ ތަކެތި ދިރިއުޅޭ މާހައުލުތައް ނެތިގެންދާތީ ކަމަށެވެ.

އެމެރިކާގެ ދިރޭތަކެތި ރައްކާތެރިކުރާ “ވައިލްޑްލައިފް ކޮންޒަވޭޝަން ސޮސައިޓީ”އިން ބުނީ ޒަރާފާ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިޔައީ، ހަމައެކަނި އެތާއި ރައިނޯސަރަސް ސަލާމަތް ކުރުމަށް ހުރިހާ ސަމާލުކަމެއް ދެވުމުން ކަމަށެވެ.

“މިހެންވެ، ޒަރާފާ ސަލާމަތް ކުރުމުގެ މަސައްކަތް އަވަހަށް ފަށަން ޖެހިއްޖެ،” އެ ޖަމިއްޔާގެ ނައިބު ރައީސް ލިޒް ބެނެޓް ވިދާޅުވިއެވެ.

އިސްކޮޅުގައި ވިއްސަކަށް ފޫޓު ހުންނަ ޒަރާފާއަކީ އެކި ގައުމުތަކުގައި ހުންނަ ޒޫ ނުވަތަ ހައިވާނު ބަގީޗާތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އެއް ޖަނަވާރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.