އެންމެ މުސްކުޅި އައިންމަތީދޫނި ބިހެއް އަޅައިފި

ވިސްޑަމް ނަމަކަށް ކިޔާ އުމުރުން 66 އަހަރުގެ އައިންމަތީދޫނި މި ދިޔަ ހަފުތާގައި ހާލީގައި ބިސްއަޅާފައި
ވިސްޑަމް ނަމަކަށް ކިޔާ އުމުރުން 66 އަހަރުގެ އައިންމަތީދޫނި މި ދިޔަ ހަފުތާގައި ހާލީގައި ބިސްއަޅާފައި

ދުނިޔޭގައި މި ވަގުތު ރެކޯޑު ކުރެވިފައިވާ އެންމެ އުމުރުން ދުވަސްވީ އައިންމަތީދޫނި ބިހެއް އަޅައިފިއެވެ.

“ލައިސަން އަލްބަޓްރޮސް” ބާވަތުގެ މި ދޫނި ބިސް އެޅީ މިޑްވޭ އަތޮޅަށެވެ. އެއީ ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ހަވާއީގެ ޖަޒީރާއެއް ކަމަށްވާ ހޮނޮލުލު އާ 1،200 މޭލު ދުރުގައި އޮންނަ ރަށެކެވެ.

އެމެރިކާގައި މަހާއި އެހެނިހެން މަހުލޫގު ހިމާޔަތް ކުރާ ޖަމާއަތެއް ކަމަށްވާ “ޔޫ.އެސް ފިޝް އެންޑް ވައިލްޑްލައިފް ސާވިސް”ގެ ޕްރޮޖެކްޓް ލީޑަރު ބޮބް ޕޭޓަން ހުކުރު ދުވަހު ވިދާޅުވީ “ވިސްޑަމް”ގެ ނަން ދީފައިވާ މި އައިންމަތީދޫނި މިޑްވޭ އަތޮޅަށް އަންނަތާ މިހާރު 60 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

މިޑްވޭގައި ގާއިމުކޮށްފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދަކަށް ކޮންމެ ފަހަރަކު ބިސް އަޅަން އަންނަ މި ދޫނި ބަޔޮލޮޖީ އިލްމްވެރިންނަށް އަނެއްކާވެސް ފެނިފައިވަނީ މިދިޔަ ހަފުތާގައެވެ.

އެ ބޭފުޅުން ވިދާޅުވީ މި ފަހަރު ވެސް އެ ދޫނި ބޭނުން ކުރަމުން އަންނަނީ ކުރިން ބޭނުން ކުރަމުން އައި ހާލި ކަމަށެވެ.

އުމުރުން މިހާރު 66 އަހަރުވެފައިވާ ވިސްޑަމްގައި ވަނީ، ކޮން ދޫންޏެއްކަން އަންގައިދޭ ޓެގެއް 1956 ވަނަ އަހަރު އަޅުވައިފައެވެ. އަދި އޭގެ ފަހުން ވެސް އެތައް ފަހަރަކު ބިސް އަޅާފައިވާކަން ރެކޯޑުތަކުން އެނގެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.